ދިވެހި ކެރަމްގެ "ކުއީން"؛ ކާމިޔާބީގެ ފަހަތުގައި ވޭނީ ދިރިއުޅުމެއް
ދިވެހި ކެރަމްގެ "ކުއީން"؛ ކާމިޔާބީގެ ފަހަތުގައި ވޭނީ ދިރިއުޅުމެއް

ކެރަމްގެ ފައިނަލް މެޗު، ޓީވީން ލައިވްކޮށް ދެއްކި އިރު އާމިނަތު ވިދާދު ކުޅުނީ ވަރަށް ހަމަޖެހިގެން އިނދެ އެވެ. މެޗު ކާމިޔާބުކޮށް ހަތް ވަނަ ފަހަރަށް ގައުމީ ތަށި އޭނާ ދިފާއުކުރި އެވެ. ތަށި އުފުލާލައި ވިދާދު ހިނިތުންވިޔަސް އޭނާ ވަގުތުން ދާން އޮތީ ހޮސްޕިޓަލަށެވެ.

ދިވެހި ކެރަމްގެ "ކުއީން"؛ ކާމިޔާބީގެ ފަހަތުގައި ވޭނީ ދިރިއުޅުމެއް
ދިވެހި ކެރަމްގެ "ކުއީން"؛ ކާމިޔާބީގެ ފަހަތުގައި ވޭނީ ދިރިއުޅުމެއް

އެންމެންނަށް ފެންނަނީ އޭނާގެ މި ކާމިޔާބީގެ މަންޒަރެވެ. އެކަމަކު، އޭގެ ފަހަތުގައި އޮތީ، ވޭނީ ދިރިއުޅުމެކެވެ.

ދިވެހި ކެރަމްގެ "ކުއީން"؛ ކާމިޔާބީގެ ފަހަތުގައި ވޭނީ ދިރިއުޅުމެއް
ދިވެހި ކެރަމްގެ "ކުއީން"؛ ކާމިޔާބީގެ ފަހަތުގައި ވޭނީ ދިރިއުޅުމެއް

މިދިޔަ އާދީއްތަ ދުވަހުގެ ރޭ ފައިނަލް މެޗު ކުޅެން ވިދާދު ދިޔައީ، އެޑްމިޓްކޮށްފައި އޮއްވަ އެވެ. ހާލު ގޯސްވެ އޭގެ ކުރީ ދުވަހު ކުއްލިއަކަށް ހޮސްޕިޓަލަށް ގެންދަން ޖެހުނީ އެވެ. އިމަޖެންސީ ޑިޕާޓްމެންޓްގައި ފަރުވާ ދިނުމަށް ފަހު ދެ ގަޑިއިރަށް އޭނާ އެޑްމިޓް ކުރީ އެވެ.

ދިވެހި ކެރަމްގެ "ކުއީން"؛ ކާމިޔާބީގެ ފަހަތުގައި ވޭނީ ދިރިއުޅުމެއް
ދިވެހި ކެރަމްގެ "ކުއީން"؛ ކާމިޔާބީގެ ފަހަތުގައި ވޭނީ ދިރިއުޅުމެއް

ފައިނަލު މެޗުގެ ކުރިން ހޮސްޕިޓަލަށް އިމަޖެންސީގައި އޭނާ ގެންދަން ޖެހުނީ އަލަކަށް ނޫނެވެ. މި މަހުގެ މިހާތަނަށް ހަތަރު ފަހަރަށް އިމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސް އޭނާ އަށް ފަރުވާ ދޭން ޖެހުނެވެ.

ދިވެހި ކެރަމްގެ "ކުއީން"؛ ކާމިޔާބީގެ ފަހަތުގައި ވޭނީ ދިރިއުޅުމެއް
ދިވެހި ކެރަމްގެ "ކުއީން"؛ ކާމިޔާބީގެ ފަހަތުގައި ވޭނީ ދިރިއުޅުމެއް

"މި މަހު ހަތަރު ވަނަ ފަހަރަށް އިމަޖެންސީގަ ދާން ޖެހުނު. ޓޯނަމަންޓް ކުރިއަށްދިޔަ ދުވަސްތަކުގައި ވެސް ތިން ފަހަރަށް ދާން ޖެހުނު،" ކުޑައިރުން ފެށިގެން ހާނިއާގެ މައްސަލަ ހުންނަ ވިދާދު ކިޔައި ދިނެވެ.

"މި ބަލީގަ ވާ ގޮތަކީ ވަރަށް ބޮޑަށް ޑީހައިޑްރޭޓް ވާގޮތްވޭ. އެހެންވާ ކޮންމެ ފަހަރަކު ޖެހޭނެ އައިވީ ގުޅަން،" އޭނާ ފަރުވާ ހޯދަމުން އަންނަ ބައްޔާ ގުޅޭ ގޮތުން ބުންޏެވެ.

މިހާރު އުމުރުން 29 އަހަރުގެ ވިދާދު، ކުޑައިރުން ފެށިގެން ބަލިމަޑުކަން ތަޖުރިބާ ކުރި އެވެ. ސްކޫލް ދުވަސްވަރު ބެޑްމިންޓަން އަދި ނެޓްބޯޅައިގެ އިންޓަ ސްކޫލް މުބާރާތުގައި ވެސް އޭނާ ކުޅުނެވެ. ފިޒިކަލް ކޮމްޕެކްޓް ހައި އިންޓެންސިޓީ ކުޅިވަރަކުން އޭނާ ކުރިއަށް ނުދެވުނީ ވެސް ކުޑައިރު ކުރިމަތިވި ސިއްހީ މައްސަލަތަކާ ގުޅިގެންނެވެ.

"ކުޑައިރު އުޅެންޖެހުނު އެއް އަހަރު ވަރަށް ބޮޑަށް ސްޓްރަގުލުގައި. އޭރު ޑޮކްޓަރަށް ދެއްކީމަ ވެސް ޑޮކްޓަރުންނަށް ވެސް އައިޑެންޓިފައި ނުކުރެވޭ ކޮން ބައެއްޔެއްކަން،" ވިދާދު ބުންޏެވެ.

ޑޮކްޓަރީ ބޭހަކުން އޭނާގެ ބަލި ދެނެ ނުގަނެވުނެވެ. ދެން އޭނާ ދެއްކީ ދިވެހި ބޭހުގެ ތަޖުރިބާކާރު މަރްހޫމް މުހައްމަދު މަނިކަށެވެ.

"މުހައްމަދު މަނިކު ބުނީ ފައިލޭރިއާ އޭ،" ވިދާދު ބުންޏެވެ.

ތިން އަހަރެއްހާ ދުވަހު ފައިލޭރިއާ އަށް ބޭސްކޮށްގެން އެ ބަލިން އަރައި ގަނެވުނެވެ. އެކަމަކު ކުރިމަތިވަމުން ދިޔަ ސިއްހީ މައްސަލަތައް މިއަދާ ހަމައަށް ވެސް ކުރިއަށް ދެ އެވެ. ހަމަ މިއަދު ވެސް އިމަޖެންސީގައި އޭނާ އަނެއްކާވެސް ހޮސްޕިޓަލަށް ގެންދަން ޖެހިދާނެ އެވެ.

ދެރަވާ ކަމަކީ މި ބަލިން އެއްކޮށް އަރައިގަނެވޭނެ ފަރުވާއެއް ކުރެވެން ނެތުމެވެ. އެ ބާރާއި ހަކަތަ އޭނާގެ ހަށިގަނޑުގައި ނުއުފެދެނީ އެވެ. ގައުމީ މުބާރާތް ފެށުމުގެ ކުރިން އޭނާ ހުރީ އިންޑިއާގަ އެވެ. ބަލިން އެއްކޮށް އަރައިގަނެވޭނެކަމުގެ އުއްމީދުގައި ހާނިއާ އޮޕަރޭޝަން ކުރެވޭތޯ އެވެ. ނަމަވެސް އޭނާގެ ސިއްހީ ހާލަތު އެ އޮޕަރޭޝަނަކަށް ތަނެއް ނުދިނެވެ.

"ޑޮކްޓަރު ބުނީ މާބޮޑަށް ރިސްކު ހައި ކަމަށް،" އަޑު ބެދެމުން ދިޔަ ކަހަލަ ގޮތަކަށް ވިދާދުގެ އެ ވާހަކަ ކިޔައި ދެމުން ދިޔަ އެވެ.

އިންޑިއާގެ 25 ދުވަސް އޭނާ ހޭދަ ކުރި އެވެ. އޮޕަރޭޝަން ނުކުރެވި އެނބުރި މާލެ އައީ އެވެ. ގައުމީ ކެރަމް މުބާރާތް ވެސް ކުރިމަތީގައި އޮތުމުން އޭނާ ކުރިމަތިލީ އެކަމަށެވެ.

ވިދާދު ބުނީ ކެރަމް އަކީ އޭނާގެ އާއިލާގެ ކުޅިވަރެއް ކަމަށެވެ. ގޭތެރޭގައި ކާފަ ބެހެއްޓި ކެރަމް ބޯޑްގައި އަވަށްޓެރިންނާއި އާއިލީ ބައެއް ރަށްޓެހިން ވެސް އައިސް ކުޅުނެވެ. އެ މަންޒަރު ވިދާދު އަށް ފެނި އެ ގޭމަށް ހިތް ޖެހުނީ އެވެ.

"މިހާރު ވެސް ކެރަމް ހޯލަށް ކުޅެން އަންނަ ބައެއް މީހުން ބުނާނެ. ތި ގެއަށް ދިޔައީމޭ ކެރަމް ކުޅެން. ނެޕީ ޖަހައިގެން އަޅުގަނޑު އުޅޭ ހަނދާން ވެޔޭ،" ހެމުން ހެމުން އޭނާ ބުންޏެވެ.

ކެރަމް އަކީ ޓެކްނިކް ތަފާތު ވަރަށް ސިކުނޑި ބޭނުންކުރަން ޖެހޭ ކުޅިވަރެކެވެ. ކެރަމްގެ އެތުލީޓުން ގޮނޑީގައި އިށީނދެގެން ބޯޑް ކައިރީގައި ކުޅެން އިންނަ މަންޒަރު ފެނުމުން، އެއީ ފަސޭހަ ކަމެކޭ ހީ ވެދާނެ އެވެ.

"މެންޓަލީ ވެސް ފިޒިކަލީ ވެސް ޖެހޭނެ ޕްރިޕެއާ ވާން. އެއީ ދެ ގަޑިއެއްހާއިރު އެކަމަށް ފޯކަސްކޮށްގެން އިންނަންޏާ ވަރަށް ބޮޑަށް ޖެހޭނެ ފިޓްނަސް އަށް ވެސް ވިސްނަން. އެހާ އިރު އެހެން އިނދެވޭނީ ފިޒިކަލީ ވެސް ޓްރޭން ވެގެން. މެންޓަލީ ޕްރިޕެއާ ވަން ޖެހޭނެ،" ވިދާދު ބުންޏެވެ.

ޕްރެޝަރާ ކުރިމަތިލާން ވެސް ޖެހޭނެ އެވެ. ޕްރެޝަރުގައި ކުޅެން ވެން ޖެހޭނެ އެވެ. އެ ޕްރެޝަރު ކޮންޓްރޯލްކޮށް ހުރިހާ ސަމާލުކަމެއް އެ ގޭމަށް ބަހައްޓަން ޖެހޭނެ އެވެ. ބައެއް މެޗުތަކުގައި އޭނާގެ މޫނު މަތި ފެނުމުން، ޕްރެޝަރުގައި ކުޅޭހެން ހީވެގެން ބައެއް މީހުން އެ ވާހަކަ އޭނާ ގަތު ދައްކަ އެވެ.

"ބައެއް މީހުން ބުނާނެ ހީވަނީ ވަރަށް ޕްރެޝަރުގައި ކުޅުނުހެންނޭ. އެކަމަކު އައި އެމް ވެރީ ކާމް ހަމަ. އެ ޕްރެޝަރު ހޭންޑްލް ކުރެވޭ." އޭނާ ބުންޏެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ އެ ޕްރެޝަރު ގޭމްގައި އަޅުގަނޑަށް ހޭންޑްލް ކުރެވެނީ އެންމެ ބޮޑު ސްޓްރަގުލްގައި އެކަން ހޭންޑްލް ކުރާތީ ހެން،" އޭނާގެ ބައްޔަށް އިޝާރާތްކޮށް ވިދާދު ބުންޏެވެ.

އޭނާގެ އެ ކެތްތެރިކަމާ، ބަލީގައި ވެސް ދައްކާ ހިތްވަރުގެ ނަތީޖާ އޮތީ ބައިނަލްއަގްވާމީ މުބާރާތްތަކާ ވެސް ގުޅިފަ އެވެ. އިންޓަ ސްކޫލް 13 އަހަރުންދަށުގެ ކެރަމް މުބާރާތުގައި ޣިޔާސުއްދީން ސުކޫލުގެ ޓީމަށް ކުޅެން ފެށި ވިދާދަކީ ދުނިޔޭގެ ކެރަމް ރޭންކިންގެ ގަދަ ފަހެއްގެ ތެރޭގައި ހިމެނޭ ދިވެހި ހަމައެކަނި އަންހެން އެތުލީޓެވެ.

އެމެރިކާގެ ސެން ފްރެންސެސްކޯގައި މިދިޔަ އަހަރު ނޮވެމްބަރު މަހު ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުން އޭނާ ވަނީ ސިންގަލްސް ބައިން ފަސްވަނަ ހޯދައިފަ އެވެ. އެ މުބާރާތުގައި އޭނާ ބަލިވީ އެންމެ މެޗަކުންނެވެ. އެއީ މުބާރާތް ކާމިޔާބު ކުރީ އިންޑިއާގެ އެމް ކަޒީމާ އަތުންނެވެ.

ގައުމީ މުބާރާތުގެ ފައިނަލުގައި 2016 އިން ފެށިގެން ކޮންމެ ފަހަރަކު އޭނާ ވާދަ ކުރެ އެވެ. ވިދިވިދިގެން ފަސް ފަހަރު އެ ތަށި ކާމިޔަބުކުރި އެވެ. ވިދިވިދިގެން ހަ ވަނަ ފަހަރަށް އެ ތަށި ހޯދަން އޭނާ ނުކުމެ، 2023 ގައި އޭނާ އަށް ނާކާމިޔާބުވީ އެވެ. އަނެއްކާ ވެސް ވިދިވިދިގެން ދެ އަހަރު އޭނާ މި ވަނީ މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ދުނިޔޭގޭ ރޭންކިންގެ ފަސް ވަނަ މަގާމާއި ގައުމީ ތަށި ހަތް ފަހަރު ހޯދި މި ޗެމްޕިއަންގެ މޫނު މަތިން ފެންނަ ހިނިތުންވުމުގެ ފަހަތުގައި އޮތީ އޭނާގެ ކެތްތެރިކަމާއި ހިތްވަރެވެ. މުބާރާތްތަކުގައި އޭނާ ކުޅެނީ، ކޮންމެ ފަހަރަކު ވެސް ބައްޔާ ވާދަކޮށް، ގަދަވެގެންނެވެ. އެންމެ ފަހުން ހޯދި ކާމިޔާބީގެ ފަހަތުގައި ވެސް އޮތީ އޭނާ ތަޖުރިބާކުރަން ޖެހޭ އާއްމު ހާލަތެވެ.