ރައީސް ވިދާޅުވީ އާ ޓާމިނަލުގެ ކްރެެޑިޓް ތިން ސަރުކާރަށް ވެސް ލިބޭ ކަމަށް!
ރައީސް ވިދާޅުވީ އާ ޓާމިނަލުގެ ކްރެެޑިޓް ތިން ސަރުކާރަށް ވެސް ލިބޭ ކަމަށް!

މި މަހު 26 ގައި ހުޅުވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލުގެ ކްރެޑިޓް މި ސަރުކާރާއި ކުރީގެ ދެ ސަރުކާރަށް ވެސް ލިބޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ވިދާޅުވީ އާ ޓާމިނަލުގެ ކްރެެޑިޓް ތިން ސަރުކާރަށް ވެސް ލިބޭ ކަމަށް!
ރައީސް ވިދާޅުވީ އާ ޓާމިނަލުގެ ކްރެެޑިޓް ތިން ސަރުކާރަށް ވެސް ލިބޭ ކަމަށް!

މިއަދު ގެނެސްދިން ރައީސްގެ ޕޮޑްކާސްޓު "ރައްޔިތުންނާއެކު"ގެ 8 ވަނަ އެޕިސޯޑުގައި ރައީސް ވިދާޅުވީ ވީއައިއޭގެ ތަރައްގީގެ މަސައްކަތްތައް ކުރީ ކޮން ވެރިންނެއްކަން ތާރީހުން ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ. ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އެ އެއާޕޯޓު ހުޅުވައި، މިހާ ހިސާބަށް އާދެވުނީ އެތަނުގެ ތަރައްގީއަށް އެކިއެކި ސަރުކާރުތަކުގައި ކޮށްފައި ހުރި ބުރަ މަސައްކަތްތަކުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އާ ޓާމިނަލުގެ ކްރެެޑިޓް ތިން ސަރުކާރަށް ވެސް ލިބޭ ކަމަށް!
ރައީސް ވިދާޅުވީ އާ ޓާމިނަލުގެ ކްރެެޑިޓް ތިން ސަރުކާރަށް ވެސް ލިބޭ ކަމަށް!

"އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ނުރަނގަޅު އާދައެއް މިއީ [ވަކި ބަޔަކު ކްރެޑިޓް ނަގަން އުޅުން]، އެބަޖެހޭ މި އާދަ ދޫކޮށްލަން. ހަގީގަތް އެއީ ވަރަށް ސާފުކޮށް ފެންނަން އޮތް އެއްޗެއް، ޑިއު ކްރެޑިޓް ދޭން ޖެހޭނެ ކޮންމެ މީހަކަށް ވެސް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އާ ޓާމިނަލުގެ ކްރެެޑިޓް ތިން ސަރުކާރަށް ވެސް ލިބޭ ކަމަށް!
ރައީސް ވިދާޅުވީ އާ ޓާމިނަލުގެ ކްރެެޑިޓް ތިން ސަރުކާރަށް ވެސް ލިބޭ ކަމަށް!

ރައީސް ވިދާޅުވީ އާ ޓާމިނަލުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށާއި އޭގެ ފަހުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ވެރިކަމުގައި އެ ޓާމިނަލުގެ އިތުރު މަސައްކަތްތައް ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި އާ ޓާމިނަލުގެ ނުނިމި، ބާކީ ހުރި މަސައްކަތް ދެން ކުރީ އެމަނިކުފާނުގެ ސަރުކާރުން މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އާ ޓާމިނަލުގެ ކްރެެޑިޓް ތިން ސަރުކާރަށް ވެސް ލިބޭ ކަމަށް!
ރައީސް ވިދާޅުވީ އާ ޓާމިނަލުގެ ކްރެެޑިޓް ތިން ސަރުކާރަށް ވެސް ލިބޭ ކަމަށް!

"އެ ފެކްޓްސްތައް ބަލާ ކޮންމެ މީހަކަށް ވެސް ފެންނާނެތާ ކޮން މަސައްކަތެއް، ކޮން ވެރިކަމެއްގައި، ކިހާ ވަރަކަށް ކަން ކުރެވުނީ. ދެން މިކަމުގައި ނުޖެހޭނެއެއްނުންތޯ ކޮންމެ މީހަކު ތިމަންނައޭ ހުރިހާ ކަމެއް ކުރީ، ތިމަންނައޭ ގިނަ މަސައްކަތްކުރީ. އެއީ ދެން ކުޑަކުދިން އުޅޭގޮތް ކަންނޭނގެ. އެހެން އުޅޭކަށް ނުވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އާ ޓާމިނަލުގެ ކްރެެޑިޓް ތިން ސަރުކާރަށް ވެސް ލިބޭ ކަމަށް!
ރައީސް ވިދާޅުވީ އާ ޓާމިނަލުގެ ކްރެެޑިޓް ތިން ސަރުކާރަށް ވެސް ލިބޭ ކަމަށް!

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމުގެ ހުވާ ވެސް ކުރެއްވުމުގެ ކުރިން، އިންތިގާލީ މަރުހަލާގެ ތެރޭގައި އެންމެ ފުރަތަމަ ވަޑައިގަތީ ވީއައިއޭގެ އާ ޓާމިނަލުގެ މަސައްކަތް ގޮސްފައި އޮތް ހިސާބެއް ބައްލަވާލެއްވުމަށް ކަމަށެވެ. އަދި މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދީގެން، އެންމެ އަވަހަށް ނިންމަން އަޒުމު ކަނޑައެޅި އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއަކީ ވެސް އާ ޓާމިނަލުގެ މަސައްކަތް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އާ ޓާމިނަލުގެ ކްރެެޑިޓް ތިން ސަރުކާރަށް ވެސް ލިބޭ ކަމަށް!
ރައީސް ވިދާޅުވީ އާ ޓާމިނަލުގެ ކްރެެޑިޓް ތިން ސަރުކާރަށް ވެސް ލިބޭ ކަމަށް!

އެންމެ ފުރަތަމަ މަސައްކަތްކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރަށް އާ ޓާމިނަލް ހުޅުވަން ކަމުގައި ވިޔަސް، އެކި ސަބަބުތަކާ ހުރެ ތާރިހު ފަސްކުރަން ޖެހުނީ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ސަރުކާރު އައިފަހުން އާ ޓާމިނަލުގެ މަސައްކަތް ދިގުލައިގެން ދާން ޖެހުނު ބައެއް ސަބަބުތައް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރު އައި އިރު އާ ޓާމިނަލުގެ ބޭރުން ސްޓްރަކްޗަރަލް ގިނަ މަސައްކަތްތައް ހުރީ ނިމިފައި ނަމަވެސް، އިމާރާތުގެ އެތެރޭގައި ކުރަން ޖެހޭ ގިނަ މަސައްކަތްތައް ހުރީ ނުފެށި ކަމަށެވެ. އަދި ޓާމިނަލުގެ އިމާރާތުގެ މަސައްކަތް އެކަނި ނިމިގެން އެތަން ބޭނުންކުރަން ނުފެށޭނެ ކަމަށާއި ޓާމިނަލް އޮޕަރޭޝަނަލް ކުރަން ޖެހޭ އެތައް މަސައްކަތެއް ބަޔަކާ ހަވާލު ނުކޮށް ހުރި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، އާ ޓާމިނަލްގެ އޮޕަރޭޝަންތައް ކިރިޔާ ވެސް ފަށަން ބޭނުންވާ "ހެޑް އޮފް ސްޓޭންޑް" ނުވަތަ މަތިންދާބޯޓުތައް ޓާމިނަލާ ކައިރިކުރަން ބޭނުންވާ މަގު ހަދަން އޮތީ ބަޔަކާ ހަވާލުނުކޮށެވެ. އެ މަސައްކަތް ބަޔަކާ ހަވާލުކުރީ މި ސަރުކާރުންނެވެ. ޓާމިނަލް ނިމުނަސް، "ހެޑް އޮފް ސްޓޭންޑް" ނުނިމި އެތަން ބޭނުމެއް ނުކުރެވޭނެ އެވެ. އަދި އެހާ ފެންވަރު ރަނގަޅު ޓާމިނަލެއް ހަދާއިރު، އެތަނުގައި ހުންނަން ޖެހޭ ޑިއުޓީ ފްރީ ސަރަހައްދު ހަދަން ވެސް ބަޔަކާ ހަވާލުކޮށްފައި ނުވާތީ، އެކަން ވެސް ކުރީ މި ވެރިކަމުގަ އެވެ.

މިދިޔަ ސަރުކާރުގައި އާ ޓާމިނަލުގެ 54 ޕަސެންޓް މަސައްކަތް ނިންމި ކަމަށް ބުންޏަސް، އެ 54 ޕަސެންޓުގެ ސްކޯޕްގެ ތެރޭގައި އެ މަސައްކަތްތައް ނުވެސް ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް، މި މަހު 26 ގައި އާ ޓާމިނަލް ހުޅުވާއިރު މިވަގުތަށް ބޭނުންކުރެވޭ ވަރަށް ޑިއުޓީ ފްރީގެ ހިދުމަތް ލިބޭނެ ކަމަށެވެ. އަދި އަންނަ ސެޕްޓެމްބަރު މަހުގެ ފަހުން އެ ހިދުމަތް ފުރިހަމައަށް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު އެއްގޮތަކަށް ވެސް ކުރިން އެއްވެސް ވެރިއަކު، ވެރިކަމެއްގައި ކުރެއްވި ކަމެއް ނުކުރައްވާ ކަމެއްގެ ގޮތުގައި ނުދަންނަވާނަން. ރައީސް ޔާމީންގެ ވެރިކަމުގައި ފެއްޓެވީ ހަމަ، ވަރަށް ބައިވަރު މަސައްކަތްތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ކުރައްވާފައި އެ ހުރީ. އަޅުގަނޑާ ހަވާލުވިއިރު ހުރި ގޮތް މި ދެންނެވީ،" ރައީސް ވިދާޅުވި އެވެ.

ރައީސް އެގޮތަށް ވިދާޅުވި އިރު، އާ ޓާމިނަލުގެ ހަގީގީ ކްރެޑިޓް ލިބެނީ ވަކި ވެރިއަކަށް ކަމަށް ބުނެ ސިޔާސީ ވެރިންނާއި އާންމުންގެ މެދުގައި ގިނަ ބަހުސްތަކެއް ހިނގި އެވެ.

އިބޫގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި، އެ ޕްރޮޖެކްޓުގެ ބޮޑު ބައި ނިންމީ އެމަނިކުފާނުގެ ވެރިކަމުގަ އެވެ. ޔަމީންގެ ވެރިކަން ބަދަލުވުމާ އެކު "ހުއްޓިފައި އޮތް" އެ ޕްރޮޖެކްޓް ޖެހުނީ "އަލުން ބަލުން ފަށަން" ކަމަށް އަމީރު ވިދާޅުވެފައިވެ އެވެ.

ދައުލަތް ވަރަށް ބޮޑަށް ދަރަނިވެރިވެގެން ހުޅުވާ އާ ޓާމިނަލްގެ ކްރެޑިޓް ނަގަން އުޅުމަކީ އަޖައިބެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާހަކަދައްކަވާފައިވެ އެވެ.

ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު ފެށި އެ ޕްރޮޖެކްޓުގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާއިރު، ރައީސް މުއިއްޒުގެ ސަރުކާރުގެ އިސްބޭފުޅުން ވިދާޅުވާ ގޮތުގައި، އެ މަޝްރޫއުގެ މަސައްކަތް އަވަސްކޮށް، އާ ޓާމިނަލް މި މަހު ހުޅުވަނީ މި ސަރުކާރުން ކުރި ބުރަ މަސައްކަތުންނެވެ. އަދި ރައީސް މުއިއްޒު އެ ޕްރޮޖެކްޓް އަވަސްކުރަން ދެއްވި ހާއްސަ އަހައްމިއްޔަތުކަމުގެ ސަބަބުންނެވެ.

ރާއްޖޭގެ މައި އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިންމަން، މި ސަރުކާރު އައި ފަހުން ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އާއި އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ވަނީ ހަމަޖައްސައި ދީފަ އެވެ. އެއާއެކު އެ ޕްރޮޖެކްޓަށް ޖުމްލަ، ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ހޭދަވި އެވެ.