ދިރާގުޕޭއަށް ރަޖިސްޓްރީ ކޮށްގެން އައިފޯން 16އެއް!
ދިރާގުޕޭއަށް ރަޖިސްޓްރީ ކޮށްގެން އައިފޯން 16އެއް!

ދިރާގުޕޭގެ އާ ޕްލެޓްފޯމް ޑައުންލޯޑުކޮށް، ރަޖިސްޓްރީ ކޮށްގެން އައިފޯން 16 ލިބޭ ޕްރޮމޯޝަނެއް ދިރާގު ފިންޓެކް އިން ހުޅުވާލައިފި އެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ދިރާގުޕޭގެ އާ ޕްލެޓްފޯމަށް މިހާރު ރަޖިސްޓްރީކޮށްފައިވާ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީ ކުރާ ކަސްޓަމަރުންނަށެވެ. މި ޕްރޮމޯޝަންގެ ހާއްސަ ގުރުއަތުލުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދިރާގުޕޭގައި ރަޖިސްޓްރީކޮށްފައިވާ ކަސްޓަމަރުންގެ މެދުގަ އެވެ.

ދިރާގުޕޭ އީ-ވޮލެޓުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިން، ސަބް ވޮލެޓް، ޕިއާ-ޓު-ޕިއާ ޓްރާންސްފާ، ފަވަރަ ޓްރާންސްފާ އަދި ބިލަށް ފައިސާދެއްކުން ހިމެނެ އެވެ.

ދިރާގު ފިންޓެކުން ބުނީ މި ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންނާ ހަމައަށް ހާއްސަ އިނާމުތައް ފޯރުކޮށްދިނުމުގެ އިތުރަށް ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރަން ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރަން ޝައުގުވެރިކަން އިތުރުކުރުމެވެ. އަދި ފައިސާގެ މުއާމަލާތުތައް ކުރުމަށް ކަސްޓަމަރުންނަށް ރައްކާތެރި، ހަލުވި، ފަސޭހަ މަގެއް ފަހިކޮށްދިނުމަކީ ވެސް މި ޕްރޮމޯޝަންގެ ބޭނުމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގު ފިންޓެކަކީ ދިރާގުގެ ސަބްސިޑިއަރީ ކުންފުންޏެކެވެ.