އަބްދުއްރަހުމާންގެ މަރު: ސީން އަށް ވަން މީހުންގެ ސާމްޕަލްތައް ނަގަން ފަށައިފި
އަބްދުއްރަހުމާންގެ މަރު: ސީން އަށް ވަން މީހުންގެ ސާމްޕަލްތައް ނަގަން ފަށައިފި

އއ. މާޅޮހު އޯކިޑްމާގޭ އަބްދުއްރަހުމާން އާދަމް ނިދާފައި އޮއްވައި ބޮޑެތި ޒަހަމްތަކެއް ދީފައި ވަނިކޮށް، އެ ވަގުތު އެ އެ ގެއަށް ވަން މީހުންގެ ހަށިގަނޑުގެ ސާމްޕަލްތައް ނަގަން މިއަދު ފަށައިފި އެވެ.

އަބްދުއްރަހުމާންގެ މަރު: ސީން އަށް ވަން މީހުންގެ ސާމްޕަލްތައް ނަގަން ފަށައިފި
އަބްދުއްރަހުމާންގެ މަރު: ސީން އަށް ވަން މީހުންގެ ސާމްޕަލްތައް ނަގަން ފަށައިފި

ކައުންސިލް އިދާރާ އަށް ހާޒިރުކޮށް މިއަދުގެ މެންދުރުން ފެށިގެން ބައެއް މީހުންނާ ސުވާލުކޮށް އިނގިލީގެ ނިޝާން ނެގުން ފަދަ ފޮރެންސިކް ބައެއް މައުލޫމާތުތައް ފުލުހުން އަންނަނީ އެއްކުރަމުންނެވެ.

އަބްދުއްރަހުމާންގެ މަރު: ސީން އަށް ވަން މީހުންގެ ސާމްޕަލްތައް ނަގަން ފަށައިފި
އަބްދުއްރަހުމާންގެ މަރު: ސީން އަށް ވަން މީހުންގެ ސާމްޕަލްތައް ނަގަން ފަށައިފި

މި ރަށުގައި ފުލުހުންގެ ޕޯސްޓެއް ނުހުންނާތީ ފުލުހުން އެ ކަންކަން ކުރަނީ ކައުންސިލް އިދާރާގަ އެވެ.

އަބްދުއްރަހުމާންގެ މަރު: ސީން އަށް ވަން މީހުންގެ ސާމްޕަލްތައް ނަގަން ފަށައިފި
އަބްދުއްރަހުމާންގެ މަރު: ސީން އަށް ވަން މީހުންގެ ސާމްޕަލްތައް ނަގަން ފަށައިފި

އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން ބޮޑެތި ޒަހަމްތަކަކާ އެކު އޮއްވައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އެކެއް ޖަހަކާންހާއިރު ފުރަތަމަ ފެނުނީ އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމަށެވެ. އޭގެ ފަހުން އެކަން އެންގުމުން އަބްދުއްރަހުމާން މާޅޮހު ސިއްހީ މަރުކަޒަށް ގެންދަން 10 ވަރަކަށް މީހުން އޭނާ ދިރިއުޅޭ މާހިޔަގެ އަށް ވަން ކަަމަށް ވެ އެވެ. އޭގެ ތެރޭގައި ކައުންސިލްގެ ރައީސް އިސްމާއިލް ނަސީރު ވެސް ހިމެނެ އެވެ.

އެ އެންމެންގެ ސާމްޕަލްތައް ނަގަން ފުލުހުން ވަނީ ނިންމައިފަ އެވެ. ފުލުހުން ނިންމާފައި ވަނީ ސިއްހީ މަރުކަޒުގައި އަބްދުއްރަހުމާނަށް އެޓެންޑުވި އެންމެންގެ ވެސް ސާމްޕަލް ނަގާށެވެ.

އަބްދުއްރަހުމާންގެ ބޮލަށް ވަރުގަދަ ހަމަލަތަކެއް ދީ، މަރާލި މައްސަލައިގެ ތަހުގީގުގެ ކުރިއެރުންތަކުގެ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު، މި ތަހުގީގަށް މި ރަށުގައި ހަރަކާތްތެރިވާ ފުލުހުން މިއަދު ހަވީރު ވަނީ އަބްދުއްރަހުމާން ދިރިއުޅުނު ގޭގެ ވަށައިގެން ދިރިއުޅޭ މީހުންނާ ވަކިވަކިން ސުވާލުކޮށް މައުލޫމާތު އެއްކުރަން ފަށައިފަ އެވެ. ފުލުހުން ސުވާލު ކުރަނީ ޕްރިންޓު ކޮށްފައިވާ ޝީޓުތަކެއްގައި ހުރި މައުލޫމާތުތަކަކަށް ބިނާކޮށެވެ. ސުވާލުކުރާ ކޮންމެ ފުލުހެއްގެ އަތުގައި ގަނޑެއް އޮވެ އެވެ.

ފުލުހުން މިއަދު މެންދުރު ވަނީ މި ރަށު ހުރަސްމަތި ފަރާތް ފާސްކޮށްފަ އެވެ. އަދި ރަށުގެ ދެ ފިހާރައެއްގެ ސީސީޓީވީ ފުޓޭޖުގެ ރެކޯޑިން ވެސް މިއަދު ހޯދި އެވެ. އެކަމަކު، އަބްދުއްރަހުމާން ދިރިއުޅުނު ގެ ސަރަހައްދު ފެންނަ ހިސާބެއްގައި ކެމެރާއެއް ނެތެވެ.

އަބްދުއްރަހުމާންގެ އަންހެނުން ނާޒިމާ "މިހާރު" އަށް ކުރިން ބުނެފައި ވަނީ އަބްދުއްރަހުމާން ނިދާފައި އޮތް ކޮޓަރި އަށް ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އެކެއް ޖަހާކަންހާއިރު ވަނީ އާދައިގެ މަތިން ފާހާނާއަކަށް ވަންނަން ކަމަށެވެ. އޭރު ނާޒިމާ އަށް ފެނުނީ ފިރިމީހާ މަރަށް ތެޅޭ ތަނެވެ. އެހެންވެ، އާއިލާގެ ބައެއް މީހުންނަށް ވަގުތުން ގުޅައި ގެއަށް ގެނެސް އަބްދުއްރަހުމާން ސިއްހީ މަރުކަޒަށް ގެންދިޔައީ އެވެ.

ނާޒިމާ ކުރިން ބުނެފައިވާ ގޮތުން ދޮރު ތަޅުނުލައި ހުންނަ އެ ގެއަށް ވަން ބައެއްގެ ފައިގެ ނިޝާންތައް ވެސް ފެންނަން ހުއްޓެވެ.