14 ޖުލައި 2025 - 16:08

އިމަޖެންސީގައި މިއަދު އައިޖީއެމްއެޗަށް ގެންދިޔަ މީހަކު މަރުވި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
މަރުވެފައި ވަނީ މ. ސައިނޯސަރު، މުހައްމަދު ރަޝީދު 43، އެވެ.
ފުލުހުން ބުނީ މުހައްމަދު ރަޝީދު ހޮސްޕިޓަލަށް ގެންދިޔައީ އެ ގޭގެ ކޮޓަރިއަކަށް ވެއްޓިފައި އޮއްވައި ފެނިގެން ކަމަށެވެ.
ފުލުހުން ބުނީ އޭނާ "ހޮސްޕިޓަލުގައި ނިޔާވެފައިވާ ކަމުގެ މައުލޫމާތު" ލިބިފައިވާ ކަމަށެވެ. އެހެންވެ އެކަމާ ގުޅިގެން "ބަލަންޖެހޭ ކަންކަން ބަލަމުން" އަންނަ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މުހައްމަދު ރަޝީދު ހޮސްޕިޓަލަށް ގެންދިޔައިރު ހަށިގަނޑުގައި އެއްވެސް ޒަހަމެއް ނެތެވެ.
މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ބުނުން ފިޔަވައި ތަފްސީލެއް ނުދެ އެވެ.