އެކްސިޑެންޓްގައި އަލްސަން ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސިޑެންޓްގައި އަލްސަން ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ރޭ މާލޭގައި ހިނގި އެކްސިޑެންޓުގައި 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދު ނިޔާވުމުން އެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

އެކްސިޑެންޓްގައި އަލްސަން ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސިޑެންޓްގައި އަލްސަން ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ރޭ ހިނގި އެ އެކްސިޑެންޓުގައި ނިޔާވީ ސައިކަލު ދުއްވަން އިން 17 އަހަރުގެ އަލްސަންއަކީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމަ އެކަނި ދަރިފުޅެވެ.

އެކްސިޑެންޓްގައި އަލްސަން ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސިޑެންޓްގައި އަލްސަން ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

އެ އެކްސިޑެންޓްގައި އަނިޔާވުމުން މިހާރު ފަރުވާ ދެމުންދނަީ މަގު ހުރަސްކުރަން އުޅުނު 40 އަހަރުގެ މީހާއަށާއި ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ކުއްޖާއަށެވެ.

ރައީސް މުއިއްޒު މިއަދު "އެކްސްގައި" ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވި ހަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ.

ނިޔާވި ކުއްޖާގެ އާއިލާއަށް ރައީސް ވަނީ ތައުޒިޔާ ވިދާޅުވެފައި އެވެ.

އެމަނިކުފާނު ވަނީ އެކްސިޑެންޓުގައި އަނިޔާވެ، ފަރުވާ ހޯދަމުންދާ 16 އަހަރުގެ ކުއްޖާ އާއި 40 އަހަރުގެ މީހާއަށް އަވަސް ޝިފާއަށް އެދިވަޑައިގެންފަ އެވެ.

އެކްސިޑެންޓުގައި ޒަހަމްވި މީހާ އަށް ފަރުވާދެނީ ވެންޓިލޭޓަރުގަ އެވެ. އަދި 16 އަހަރު ކުއްޖާ މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފަ އެވެ.

ނިޔާވި އަލްސަންގެ ޖަނާޒާ ބާއްވަން ނިންމާފައި ވަނީ އާސަހަރާގައި މިއަދު އަސްރު ނަމާދަށްފަހު އެވެ.