ފަސްޓް ނެޝަނަލްގެ ސޭވިން ފަންޑަށް ލުއިތަކެއް
ފަސްޓް ނެޝަނަލްގެ ސޭވިން ފަންޑަށް ލުއިތަކެއް

ފަސްޓް ނެޝަނަލްގެ "މަނީ މާކެޓް އެންޑް ސޭވިން ފަންޑް" އަށް އިންވެސްޓް ކުރުމަށްޓަކައި ބޮޑެތި ލުއިތަކެއް ދީފި އެވެ.

ފަސްޓް ނެޝަނަލްގެ ސޭވިން ފަންޑަށް ލުއިތަކެއް
ފަސްޓް ނެޝަނަލްގެ ސޭވިން ފަންޑަށް ލުއިތަކެއް

މިދިޔަ ހަފްތާގައި ބޭއްވި އެ ކުންފުނީގެ ތިން ވަނަ އަހަރީ އާންމު ޖަލްސާގައި ގެނައި އެ ބަދަލުތަކުގެ ތެރޭގައި ފަންޑުގެ މިނިމަމް އިނީޝަލް އިންވެސްޓްމެންޓާއި އިންޓްރެސްޓް ރޭޓަށް ވެސް ބަދަލުތަކެއް ގެނެސްފައިވެ އެވެ.

ފަސްޓް ނެޝަނަލްގެ ސޭވިން ފަންޑަށް ލުއިތަކެއް
ފަސްޓް ނެޝަނަލްގެ ސޭވިން ފަންޑަށް ލުއިތަކެއް

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސްޓޮކް، ބޮންޑް އަދި ސުކޫކް އިޝޫ ކުރުމުގައި ކުންފުނިތަކަށް އެހީވުމާއި ފަންޑް މެނޭޖްކޮށްދިނުމާއި ވެލްތު މެނޭޖް ކުރުމުގެ ހިދުމަތް ފޯރުކޮށްދޭ، ފަސްޓް ނެޝަނަލްގެ ސޭވިން ފަންޑަކީ ސީއެމްޑީއޭގައި ރަޖިސްޓްރީކޮށްގެން، ލައިސެންސް ހޯދާފައިވާ މަނީ މާކެޓް ފަންޑެކެވެ.

އެ ފަންޑު 2022 ގައި އެންމެ ފުރަތަމަ ހުޅުވާލީ 5.5 ޕަސެންޓުގެ ފައިދާއެއް ލިބޭ ގޮތަށެވެ. އެކަމަކު މިހާރު ވަނީ އެ ފަންޑަށް އިންވެސްޓުކޮށްގެން ލިބޭ ފައިދާ 8.25 ޕަސެންޓަށް އިތުރުކޮށްފަ އެވެ. ފަންޑު އެންމެ ފުރަތަމަ ހުޅުވާލީ މިނިމަމް އިނީޝަލް އިންވެސްޓްމެންޓްގެ ގޮތުގައި 100،000ރ. އިންވެސްޓް ކުރެވޭ ގޮތަށެވެ. އެކަމަކު މިހާރު އެ އަދަދު ވަނީ 25،000ރ. އަށް ކުޑަ ކޮށްފަ އެވެ. އާ ބަދަލުތަކާ އެކު ފަންޑުގައި އިންވެސްޓް ކުރާ ފަރާތްތަކަށް ކުރިއަށް ވުރެ ބޮޑު ފައިދާއެއް ލިބޭނެ އެވެ.

ފަސްޓް ނެޝަނަލްގެ އަހަރީ އާންމު ޖައްސާގައި އެގޮތަށް ނިންމީ، މިހާރަށް ވުރެ ބޮޑަށް އާންމުންނަށް އެ ފަންޑުގައި އިންވެސްޓް ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

އިނީޝަލް އިންވެސްޓްމެންޓުގެ އިތުރަށް ކޮންމެ މަހަކު އިތުރު 5،000ރ. އިންވެސްޓަރުންނަށް އިތުރުކޮށް ފަންޑުގެ ސައިޒު ބޮޑު ކުރެވޭނެ އެވެ.

އެފަންޑުގެ މެނޭޖިން ޑިރެކްޓަރު، ފާތިމަތު ޝަހީރާ ވިދާޅުވީ، އާ ބަދަލާ އެކު ފަންޑު ފުޅާ ކުރުމުގެ ފުރުސަތު ވެސް އިންވެސްޓަރުންނަށް ލިބި، ފައިދާ އިތުރު ކުރުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ.

ފަސްޓް ނެޝަނަލް އިން އަންނަނީ ރާއްޖޭގެ ފައިނޭންޝަލް މާކެޓުން މާލީ ފައިދާ ހޯދޭނެ އާ އިންސްޓްރޫމަންޓްތައް ވެސް ތައާރަފް ކުރަމުންނެވެ. އެކުންފުނިން ވަނީ މިދިޔަ އަހަރުގެ ފަހު ކޮޅު ރިއަލް އެސްޓޭޓް ފަންޑެއް ވެސް ހުޅުވާލައިފަ އެވެ.

އެކުންފުނި 2021 ވަނަ އަހަރު އުފެއްދި ފަހުން އަންނަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކަށް ވެސް ފަންޑު ރެއިޒް ކޮށްދެމުންނެވެ. ސުކޫކާއި ބޮންޑު އިޝޫކޮށްދިނުމުގައި ގިނަ ކުންފުނިތަކަށް ވެސް ފަސްޓް ނެޝަނަލް އިން އެހީތެރިކަން ދެ އެވެ.