11 ޖުލައި 2025 - 00:10

ސ. މީދޫގައި ވެލިނަގަން ބޭނުންކުރާ ދޯންޏެއް މިއަދު އަޑިއަށް ހިނގައްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިރުވެލި ނަމަކަށް ދޯންޏެއް، އައްޑޫ އިސްމެހެލާ ހެރައާ ދިމާލުން ބޭރަށް އަޑިއަށް ގޮސްގެން މެންދުރު 12:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ވަގުތު ދޯނީގައި ތިބީ ބަންގްލަދޭޝް މީހަކާއި ސްރީލަންކާ މީހެކެވެ. އެ މީހުން ކަނޑުވެފައި ތިއްބާ ފެނިގެން ސަލާމަތްކުރީ އާރުޓީއެލް ލޯންޗަކުންނެވެ.
"ދޯނި ނެގުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތުން ދަނީ ކުރަމުން." އޮފިޝަލް ވިދާޅުވި އެވެ.
މޫސުން ގޯސްވެ، ކަނޑުމަތީގެ އިތުރު ހާދިސާތަކެއް މިއަދު ހިނގާފައިވެ އެވެ. އޭގެ ތެރެއިން، ގދ. ގައްދޫއިން ފުރައިގެން އެ ރަށާ ޖެހިގެން އޮންނަ ފަޅުރަށަކަށް ދަތުރުކުރި އުމުރުން ދުވަސްވީ މީހަކު ގެއްލި އަދި ރ. އަތޮޅު ރިސޯޓަކުން ކެނޯއެއްގައި ދިޔަ 35 އަހަރުގެ މީހަކު ގެއްލިގެން ވެސް ހޯދި އެވެ.
އޭގެ ތެރެއިން 35 އަހަރުގެ ފިރިހެން މީހާ ވަނީ ފެނިފަ އެވެ. ނަމަވެސް އުމުރުން ދުވަސްވީ މީހާ އަދިވެސް ނުފެނެ އެވެ.