އަލިފާން ރޯވި ސަރަހައްދުގައި އުޅޭ މީހުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެދިއްޖެ
އަލިފާން ރޯވި ސަރަހައްދުގައި އުޅޭ މީހުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެދިއްޖެ

އެމްއެންޑީއެފުން ބުނީ، ރޯވީ އަލިފާނުގެ ހާދިސާ ހިނގި ފްލޯގައި އެއްވެސް ވަރަކަށް ކެމިކަލް ނެތް ކަމަށް. ރޯވީ "ގުދަންބަރީގައި" ހުރި ޕެލެޓާއި ލަކުޑި ފަދަ ތަކެތީގައި ކަމަށް އެމްއެންޑީއެފުން ބުނީ.

އަލިފާން ރޯވި ސަރަހައްދުގައި އުޅޭ މީހުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެދިއްޖެ
އަލިފާން ރޯވި ސަރަހައްދުގައި އުޅޭ މީހުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެދިއްޖެ

އެމްއެންޑީއެފް ފަޔާ އިން ދެންމެ ބުނީ އަލިފާން 95 ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި އިތުރަށް ފެތުރުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް. މިހާ ހިސާބަށް އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނި.

އަލިފާން ރޯވެފައިވާ އެންސިސް ކުންފުނީގެ ގުދަން ސަރަހައްދަށް ނުދިއުމާއި އެތަނާ ކައިރީގައި ދިރިއުޅޭ މީހުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފުލުހުން މިރޭ އެދިއްޖެ އެވެ.

ހުޅުމާލެ 1 ގައި ހުންނަ އެ ގުދަނުގައި އަލިފާން ރޯވެގެން ސިފައިންނަށް ރިޕޯޓުކުރީ 6:50 ހާއިރެވެ. އެ ވަގުތުން ފެށިގެން ސިފައިންނާއި ފުލުހުން ދަނީ އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް ދުން ބޯވެފައިވާތީ ފުލުހުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެދިފަ އެވެ.

ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ އަލިފާނުގެ ހާދިސާގެ ސަބަބުން ނޭވާލުމުގެ ދަތިކަން ހުންނަ މީހުންނަށް ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.

އެހެންވެ، ޒަރޫރީ ބޭނުމެއްގައި ނޫނީ އެ ތަނާ ކައިރިއަށް ނުދިއުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ފުލުހުން ވަނީ އެތަނާ ހިސާބުތަކުގައި ދިރިއުޅޭ މީހުން ގޭގެ ދޮރުތައް ލައްޕައި ބޭރަށް ނުކުންނަން ޖެހިއްޖެނަމަ މާސްކު އަޅައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ބޭރަށް ނުކުތުމަށް އެދިފަ އެވެ.

އެޗްޕީއޭއިން ވެސް ވަނީ އަލިފާނުގެ ހާދިސާއާ ޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެދިފަ އެވެ.

- ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ކޮންމެހެން ދާންޖެހިގެން ނޫނީ ނުދިއުން

- ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ނުކުތުމުގެ ކުރިން އަނގަ އަދި ނޭފަތް ނިވާކުރުން

- ގޭގެ ދޮރުތަކާއި ކުޑަދޮރުތައް، ދުން ނުވަންނާނެހެން ބަންދުކުރުން

- ނޭވާލާން އުނދަގޫވުން، ގަދަޔަށް ކެއްސުން އަދި ބޯ އެނބުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުން