09 ޖުލައި 2025 - 20:52

ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލި މިދުވަސްވަރު އެންމެ ގިނައި މާލޭ ސަރަހައްދުގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެ އިދާރާ އިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ބޭރަށް ހިންގުމާއި ހޮޑުލުން އަދި އިންފްލުއެންޒާ ޖެހިގެން ރިޕޯޓްކުރާ އަދަދު މިހާރު ވަނީ އިތުރުވެފަ އެވެ. އެ މައުލޫމާތުގައިވާ ގޮތުން އެ ބަލިތައް ޖެހިގެން އެންމެ ގިނައިން ރިޕޯޓުކުރަނީ މާލެ ސަރަހައްދުންނެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި، ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިގެން މިދިޔަ ޖޫން މަހުގެ 15 އިން މި ޖުލައި މަހުގެ 5 އަކާ ހަމައަށް މުޅި ރާއްޖެއިން ރިޕޯޓުކުރީ 3،763 ކޭހެކެވެ. އޭގެ ތެރެއިން 2،370 ކޭސް އެއީ މާލޭ ސަރަަހައްދުން ބަލި ޖެހިގެން ރިޕޯޓުކުރި އަދަދު ކަމަށް އެ އެޖެންސީން ބުންޏެެވެ.
އެ މުއްދަތުގައި އިންފުލުއެންޒާ ޖެހިގެން ރާއްޖެ އިން 239 ކޭސް ރިޕޯޓުކުރި އެވެ. އޭގެ ތެރެއިން 228 ކޭސް އެއީ މާލެއިން ބަލި ޖެހުނު އަދަދެވެ.
އެހެންވެ، ބަލިތަކުން ރައްކާތެރިވުމަށް ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.