ގޯލްޑް ކަޕްގެ ލ. އަތޮޅުގެ ކޮލިފައިން ބާއްވަން ކައުންސިލާ އެކު ސޮއި ކޮށްފި
ގޯލްޑް ކަޕްގެ ލ. އަތޮޅުގެ ކޮލިފައިން ބާއްވަން ކައުންސިލާ އެކު ސޮއި ކޮށްފި

ނައިންޓީ ޕްލަސްއިން ބާއްވާ ގޯލްޑް ކަޕްގެ ލ. އަތޮޅު ކޮލިފައިން ބާއްވަން، އެ އަތޮޅު ކައުންސިލާ އެކު ރޭ ސޮއިކޮށްފި އެވެ.

ގޯލްޑް ކަޕްގެ ލ. އަތޮޅުގެ ކޮލިފައިން ބާއްވަން ކައުންސިލާ އެކު ސޮއި ކޮށްފި
ގޯލްޑް ކަޕްގެ ލ. އަތޮޅުގެ ކޮލިފައިން ބާއްވަން ކައުންސިލާ އެކު ސޮއި ކޮށްފި

ނައިންޓީ ޕްލަސްއިން ނިންމާފައި ވަނީ މިފަހަރުގެ މުބާރާތް 28 ޓީމުގެ ފޯމެޓަށް ކުރިއަށް ގެންދިއުމަށެވެ. އޭގެ ތެރެއިން 18 ޓީމު ކަނޑައަޅާނީ ކޮންމެ އަތޮޅެއްގައި ބާއްވާ ކޮލިފައިން މަރުހަލާއިންނެވެ. ކޮލިފައިން މުބާރާތުގެ ޗެމްޕިއަން ޓީމު ގޯލްޑް ކަޕަށް ކޮލިފައި ވާނެ އެވެ.

ގޯލްޑް ކަޕްގެ ލ. އަތޮޅުގެ ކޮލިފައިން ބާއްވަން ކައުންސިލާ އެކު ސޮއި ކޮށްފި
ގޯލްޑް ކަޕްގެ ލ. އަތޮޅުގެ ކޮލިފައިން ބާއްވަން ކައުންސިލާ އެކު ސޮއި ކޮށްފި

ލ. އަތޮޅު ވެގެންދާނީ ކޮލިފައިން ފަށާ ފުރަތަމަ އަތޮޅަށެވެ. އެ އަތޮޅުގައި ކޮލިފައިން ބާއްވާނީ އަތޮޅު ކައުންސިލުން ކޮންމެ އަހަރަކު ކުރިއަށްގެންދާ ލާމަސީލް ލާމް ފުޓްބޯޅަ ޓޯނަމެންޓްގެ ތެރެއިންނެވެ. އެ މުބާރާތުގެ މިފަހަރުގެ ޗެމްޕިއަން ޓީމަށް ގޯލްޑް ކަޕުގެ ލ. އަތޮޅުގެ ޖާގަ ކަށަވަރުވާނެ އެވެ.

މިފަހަރުގެ މުބާރާތުން މިހާތަނަށް ޖާގަ ކަށަވަރުވެފައި ވަނީ 10 ޓީމަށެވެ. އެއީ މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ އަށް ޓީމުގެ އިތުރުން ކުޅުދުއްފުށީ ސިޓީ އަށާއި ތިނަދޫ ސިޓީ އަށެވެ. ސިޓީތަކާއި ރަށްތަކަށް ހާއްސަކޮށް މިދިޔަ އަހަރު ބާއްވަން ފެށި މުބާރާތުގައި، ފަސް ސިޓީގެ ތެރެއިން ވާދަ ނުކުރަނީ އެ ދެ ސިޓީ އެވެ. އެ ދެ ސިޓީ އަށް ފުރުސަތު ދެނީ އިންވިޓޭޝަންގެ އުސޫލުންނެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ގަށަ އަށެއްގެ ހިމެނިގެން މިފަހަރުގެ މުބާރާތުން އޮޓޮމެޓިކް ކޮލިފައިން ލިބުނު ޓީމުތަކަކީ ޗެމްޕިއަން ބ. އޭދަފުށި، ރަނަރަފް އައްޑޫ، އަދި ސެމީ ފައިނަލްގައި ދެން ވާދަ ކުރި މާލެ އާއި ރ. އަލިފުށީގެ އިތުރުން ފުވައްމުލަކާއި ކ. ގުރައިދޫ ޅ. ނައިފަރު އަދި ކ. މާފުއްޓެވެ.

- ޖުމުލަ 28 ޓީމު

- މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ 8 ޓީމަށް އޮޓޮމެޓިކް ކޮލިފައިން

- އިންވިޓޭޝަން ޖާގަ ކުޅުދުއްފުށި ސިޓީ އާއި ތިނަދޫ ސިޓީ އަށް

- ބާކީ 18 ޖާގަ އަތޮޅުތަކުގެ ކޮލިފައިން މަރުހަލާއިން މޮޅުވާ ޓީމުތަކަށް

މުބާރާތުގައި ވާދަކުރާ 28 ޓީމު ބަހަލާނީ ހަތް ގުރޫޕަށެވެ. ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމެވެ. ދެ ވަނަ ބުރަށް ދަތުރު ކުރާނީ ގަދަ 16 ޓީމެވެ. ކޮންމެ ގުރޫޕެއްގެ ގަދަ ދެ ޓީމަށް ދެވަނަ ބުރުގެ ޖާގަ އޮޓޯއިން ކަށަވަރު ވާނެ އެވެ. ދެން ޖާގަ ލިބޭނީ ހުރިހާ ގުރޫޕެއްގެ ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ނެރުނު ދެ ޓީމަށެވެ.

ގާތްގަނޑަކަށް 35 ދުވަހަށް ދެމިގެންދާ ގޮތަށް ބާއްވާ މުބާރާތުގައި ޖުމުލަ 42 މެޗު ކުޅޭނެ އެވެ. އެއީ ކޮންމެ ދުވަހަކު ދެ މެޗެވެ.

މުބާރާތް ބާއްވަން ނައިންޓީ ޕްލަސްއިން އަމާޒު ކުރަނީ އަހަރުގެ ފަހުކޮޅަށެވެ. އެ ކުންފުނިން ބުނީ މުބާރާތް ފަށާ ތާރީހު އިއުލާން ކުރާނީ އެފްއޭއެމުން އާންމު ކުރާ ފުޓްބޯޅަ ކަލަންޑަރަށް ބެލުމަށް ފަހު ކަމަށެވެ. އަދި ތާރީހު އިއުލާން ކުރާނީ ހާއްސަ ރަސްމިއްޔާތެއްގައި ކަމަށް ވެސް ނައިންޓީ ޕްލަސްއިން ބުންޏެވެ.