ނިޔަފަތީގައި 116 ފަށަލައަށް ކުލަ ޖެއްސުމުން ވާނީ މިހެން
ނިޔަފަތީގައި 116 ފަށަލައަށް ކުލަ ޖެއްސުމުން ވާނީ މިހެން

އާއްމުކޮށް ނިޔަފަތީގައި ކުލަ ޖައްސާލަން ފުރުސަތެއް ލިބިއްޖެ ނަމަ އެއް ކުލައަކުން ނުވަތަ ގިނަވެގެން ދެ ކުލައެއް ޖައްސާލުމުން ފުދެ އެވެ. ނަމަވެސް ނެއިލް އާޓިސްޓު ކްރިސްޓީން އޭނާގެ ނިޔަފަތިތަކުގައި 116 ކޯޓުގެ ނެއިލް ޕޮލިޝް ޖައްސާލި އެވެ. އޭނާގެ ޔޫޓިއުބް ޗެނަލްގައި މި އާދަޔާ ހިލާފު ކަންތައް ދައްކާލީ ވީޑިއޯއަކަށް ކޮމެންޓުކުރި މީހެއްގެ ގޮންޖެހުމަކަށް ރައްދު ދިނުމަށެވެ.

ނިޔަފަތީގައި 116 ފަށަލައަށް ކުލަ ޖެއްސުމުން ވާނީ މިހެން
ނިޔަފަތީގައި 116 ފަށަލައަށް ކުލަ ޖެއްސުމުން ވާނީ މިހެން

ކްރިސްޓީން އޭނާގެ ނިޔަފަތީގައި ކުލަ ޖައްސަން ފެސީ ހެނދުނު 9:47ގަ އެވެ. އަދި 14 ގަޑިއިރު ފަހުން ދަންވަރު 12:07 ގައި ނިންމާލި އެވެ.

ނިޔަފަތީގައި ޖެއްސި ކޮންމެ ކޯޓެއް ހިކެންދެން މަޑުކުރިއިރު ކޮފީއެއް ނުވަތަ ކުޑަ އެއްޗެއް ކާލި ކަމަށްވެ އެވެ. ސަތޭކައަށް ވުރެ ގިނަ ނެއިލް ޕޮލިޝް ކޯޓު ޖެއްސި އިރު ނިޔަފަތި ހުރީ ވަރަށް ބޯވެފަ އެވެ. އެ ސިފައަށް ކްރިސްޓީން ދީފައިވާ ހޭޝްޓެގަކީ "ޕޮލިޝް މައުންޓަން" އެވެ.

ކްރިސްޓީންގެ ނިޔަފަތިތަކުގައި ހުރި ބޯ ކުލަގަނޑު ފަސޭހަކަމާ އެކު ނައްޓާލެވުނީ އޭނާ ކުލަ ޖައްސަން ފެށުމުގެ ކުރިން އުނގުޅި "ޕީލް އޮފް ބޭސް ކޯޓެއް"ގެ ސަބަބުންނެވެ. ސުވާލެއް ނެތެވެ. އެންމެ ހުތުރު ނެއިލް ޕޮލިޝް ސްޓައިލް ތަކުގައި "ޕޮލިޝް މައުންޓަން" ހިމެނޭނެނެ އެވެ.