"ނަޗް ބަލިޔޭ"ގެ ފުރަތަމަ އެޕިސޯޑް ހޯސްޓްކުރާނީ ރަންބީރު
"ނަޗް ބަލިޔޭ"ގެ ފުރަތަމަ އެޕިސޯޑް ހޯސްޓްކުރާނީ ރަންބީރު

ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ރަންބީރު ކަޕޫރު ޓީވީގައި ފުރަތަމަ ފަހަރަށް ބައިވެރިވާ ޝޯއަކަށް ސްޓާ ޕްލަސްގެ ސެލެބްރިޓީ ކަޕްލް ޑާންސް ޝޯ "ނަޗް ބަލިޔޭ" ހަމަޖެހިއްޖެ އެވެ. މި ޝޯގެ ފުރަތަމަ ޝޯ ރަންބީރު ހޯސްޓްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. "ނަޗް ބަލިޔޭ" ސީޒަން 8 ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ދެ ވަނަ ދުވަހު އެވެ.

"ނަޗް ބަލިޔޭ"ގެ ފުރަތަމަ އެޕިސޯޑް ހޯސްޓްކުރާނީ ރަންބީރު
"ނަޗް ބަލިޔޭ"ގެ ފުރަތަމަ އެޕިސޯޑް ހޯސްޓްކުރާނީ ރަންބީރު

"ނަޗް ބަލިޔޭ"ގެ އެންކަރަކީ ކަރަން ޓައްކަރް އެވެ. ނަމަވެސް އޭނާއާ އެކު ޝޯ ހޯސްޓްކުރުމުގައި ދެން ބައިވެރިވަނީ ކާކު ކަމެއް އަދި ނުނިންމަ އެވެ. ފުރަތަމަ އެޕިސޯޑް ރަންބީރު ހޯސްޓް ކުރިޔަސް ދެން ހުރި އެޕިސޯޑްތައް ހޯސްޓްކުރާނީ ކަރަން އެވެ.

ސަންޖޭ ދަތުގެ ފިލްމުގެ މަސައްކަތް މިހާރު ކުރަމުންދާ ރަންބީރު އޭނާގެ ބައެއް ލަވަތަކަށް މި އެޕިސޯޑުގައި ނެށުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

"ނަޗް ބަލިޔޭ" އުފައްދާ ފަރާތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޝޯގެ ފުރަތަމަ އެޕިސޯޑުގައި ރަންބީރު ކަހަލަ ކުޅަދާނަ ނެށުންތެރިއަކު ބައިވެރިވުމަކީ މި ޝޯގައި ބައިވެރިވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. ސަބަބަކީ ރަންބީރަކީ ވަރަށް ހުނަރުވެރި ނެށުންތެރިއަކަށް ވެފައި ޝޯގައި ބައިވެރިވާ 10 ޖޯޑަށް ވެސް އޭނާގެ ސަބަބުން މޮޅަށް ނެށުމަށް ހިތްވަރު ލިބިގެންދާނެތީ އެވެ.

"ނަޗް ބަލިޔޭ"ގެ މިފަހަރުގެ ސީޒަންގެ ހޯސްޓުންނަކީ ސޮނާކްޝީ ސިންހާ އާއި ކޯރިއޯގްރާފަރު ޓެރެންސް ލުއިސް އަދި ފިލްމު ޑައިރެކްޓަރު މޯހިރު ސޫރީ އެވެ.

ކުރިން ހަމަޖެހިފައިއޮތީ ޝޯގެ ހޯސްޓުންގެ ގޮތުގައި ބިޕާޝާ ބާސޫގެ ފިރިމީހާ އަދި ޓީވީ ތަރި ކަރަން ސިންގް ގްރޯވަރު އާއި ކޮމެޑީ ބައިތައް ކުޅޭ އުޕަސްނާ ސިންގް ބައިވެރިވާ ގޮތަށެވެ. ނަމަވެސް ކަރަން އާ ޝޯ އުފައްދާ ފަރާތާ ދެމެދު ރަނގަޅު ޑީލެއް ހެދޭގޮތް ނުވެ ކަރަން ޝޯ އިން ވަކިވީ އެވެ. އޭގެ ފަހުން ކަރަން ޕާޓޭލް އަށް ޝޯގެ ހޯސްޓްކަން ދޭން އުޅޭ ކަމުގެ ޚަބަރުތަކެއް ވެސް ފެތުރުނެވެ. ނަމަވެސް އެންމެ ފަހުން ޝޯ ލިބުނީ ކަރަން ޓައްކަރަށެވެ.

މިފަހަރުގެ "ނަޗް ބަލިޔޭ" ގައި ބައިވެރިވާ ޓީވީ ތަރިންގެ ތެރޭގައި "އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫން" ގައި ޚުޝީގެ ރޯލު އަދާކުރި ސަނާޔާ އިރާނީ އާއި އޭނާގެ ފިރިމީހާ އަދި ޓީވީ އެކްޓަރު މޯހިތު އަދި "ޔޭ ހޭ މުހައްބައްތޭން"ގެ ބަތަލާ ދިވްޔަންކާ ޓްރިޕާތީ އާއި ފިރިމިހާ ހިމެނެ އެވެ.