07 ޖުލައި 2025 - 12:33

އެމެރިކާގައި މިހާރު ކުރިއަށްދާ ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ޗެލްސީ އާއި ފްލުމިނެންސޭގެ މެޗުގެ ޓިކެޓްގެ އަގު 470 ޑޮލަރުން 13 ޑޮލަރަށް ހެޔޮ ކޮށްފި އެވެ.
ފީފާއިން އަންދާޒާ ކުރާ ވަރާ ގާތަށް ވެސް ގިނަ މެޗުތަކަށް ދަނޑަށް މީހުން ނުވަދެ އެވެ. އާ ފޯމެޓަކަށް ބާއްވާ އެ މުބާރާތް ޕްރޮމޯޓް ކުރަން ފީފާއިން 70 މިލިއަން ޑޮލަރު ހޭދަ ކުރި އެވެ. އެކަމަކު އެ ހަރަދު ވެސް ވީ ބޭކާރެވެ.
ދަނޑު ފުރާލެވޭ ވަރަށް ސަޕޯޓަރުން ވަތް މެޗުތަކަކީ ރެއާލް މެޑްރިޑް ކުޅުނު މެޗުތަކެވެ. އެ ޓީމުން މިހާތަނަށް ކުޅުނު ފަސް މެޗަށް 60،000 މީހުން ދަނޑަށް ވަނެވެ.
ކުއާޓާ ފައިނަލުގައި ބޮރޫޝިއާ ޑޯޓްމެންޑާ ދެކޮޅަށް ރެއާލުން ކުޅުނު މެޗު ބަލަން 76،611 މީހުން ދަނޑަށް ވަނެވެ.
ސެމީ ފައިނަލުގައި ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީ އާއި ރެއާލް ކުޅޭ މެޗުގެ ޓިކެޓްގެ އަގު އުޅެނީ ގާތްގަނޑަކަށް 200 ޑޮލަރުގަ އެވެ.
އެ މެޗަށް ވެސް ގިނަ ބަޔަކު ދަނޑަށް ވަންނާނެ ކަމަށް ބެލެވެ އެވެ.