06 ޖުލައި 2025 - 12:44

މިއަދު ހެނދުނު ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ، ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 9 ހާއިރު ލ. ފޮނަދޫއިން ގަމަށް ދަތުރުކުރި ސައިކަލެއް މަގުމަތީގައި ހުރި ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓުވި މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ސައިކަލުން ދަތުރުކުރި ދެ މީހުންނަށް އަނިޔާވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހުންގެ ހާލަތާ ބެހޭ އިތުރު ތަފްސީލެއް ނުލިބެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ސައިކަލުގައި ތިބީ ދެ އަންހެނުންނެވެ.
ގަމުގައި އެކްސިޑެންޓެއް ހިނގާފައި ވާއިރު، މިދިޔަ ބުދަ ދުވަހު ވަނީ އައްޑޫ ސިޓީގެ ހިތަދޫ އާއި ފުވައްމުލަކުގައި ވެސް ނުރައްކާތެރި ދެ އެކްސިޑެންޓު ހިނގައިފަ އެވެ.
ފަހަކަށް އައިސް އެކްސިޑެންޓުތައް ހިނގާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.