06 ޖުލައި 2025 - 10:29

ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމާ އެކު ދިވެހި ފަންނުވެރިންގެ އުފެއްދުންތަކާއި ރާއްޖޭގެ ސަގާފަތާއި ތަރިކަ ދުނިޔެއަށް ޕްރޮމޯޓްކުރަން ވިޒިޓް މޯލްޑިވްސްގެ ދިވެހި އެމްބެސެޑަރުންނަށް ފުރުސަތު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން މިއަދު ހުޅުވާލައިފި އެވެ.
އެމްއެމްޕީއާރުސީން އެ ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ ސަގާފީ އަދި ފަންނީ ދާއިރާ އިން މުއްސަނދި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގުބޫލުކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރުކުރުމަށެވެ.
އޭގެ މަގުސަދަކީ އެކި ދާއިރާތަކުން ދިވެހި ފަންނާނުންގެ މަސައްކަތްތަކާއި ތަފާތު ފަންނީ އުފެއްދުންތައް ކުރިއަރުވަން ޝައުގުވެރިވާ މީހުންނާ އެކު މަސައްކަތްކޮށް، ދިވެހި ސަގާފަތާއި ތަރިކަ އާއި އުފެއްދުންތައް މުޅި ދުނިޔެއާ ހިއްސާކުރުމެވެ.
އެމްއެމްޕީއާރުސީން ބުނީ އެ ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް ވިޒިޓް މޯލްޑިވްސްގެ ދިވެހި އެމްބެސެޑަރުންގެ ހައިސިއްޔަތުން ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން މަސައްކަތްކުރުމުގެ ފުރުސަތު ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ލިބިގެންދާނެ ކަމަށެވެ.
އުފެއްދުންތެރި އަދި ގައުމުގެ އަމިއްލަވަންތަކަމާއި ސަގާފަތާއި ގުދުރަތީ ރީތިކަން ތަމްސީލުކުރަން ޝައުގުވެރިވާ ހުރިހާ ދިވެހި ފަންނާނުން އެ ޕްރޮގްރާމްގައި ބައިވެރިވާން އެމްއެމްޕީއާރުސީން ވަނީ ހުޅުވާލައިފަ އެވެ.
އެމްއެމްޕީއާރުސީން ވަނީ އޭގައި ބައިވެރިވާން ބޭނުންވާ މީހުންގެ ވަނަވަރާއި ޕޯޓްފޯލިއޯ އަދި ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން ހުށަހަޅާ ހިޔާލުތައް ހިމެނޭ ޕްރޮޕޯޒަލެއް ތައްޔާރުކޮށް[email protected]މެއިލް ކުރަން އެދިފަ އެވެ.