03 ޖުލައި 2025 - 12:13

މާލޭގެ ގެއެއްގައި ރަހީނުކޮށްފައި ހުރި ބަންގްލަދޭޝްގެ ފިރިހެނަކު ފުލުހުން މިއަދު ސަލާމަތްކޮށްފި އެވެ.
ފުލުުހުން ބުނީ މާލޭގެ ގެއެއްގައި ހުއްދަ ނޫން ގޮތުގައި މީހަކު ބަންދުކޮށްފައި ހުރި ކަމަށް ބުނާ މައްސަލައެއް މިއަދު ހެނދުނު 6:00 ހާއިރު ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ.
އެ ރިޕޯޓާ ގުޅިގެން އެ ގޭގެ ތަޅު ހަލާކުކޮށްލައިގެން ފުލުހުން އެތަނަށް ވަދެ އެ މީހާ އެތަނުން ނެރެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މީހާ އައިޖީއެމްއެޗަށް ގެންގޮސް ސިއްހީ ހާލަތު ބަލަމުން އަންނަ ކަމަށެވެ.
އެ މީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުނުން ފިޔަވައި އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.