މިދިޔަ ހަ މަހުން އެމްޑީޕީއަށް އިތުރުވީ 10 މެމްބަރުން
މިދިޔަ ހަ މަހުން އެމްޑީޕީއަށް އިތުރުވީ 10 މެމްބަރުން

ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އިދިކޮޅު އެމްޑީޕީއަށް އިތުރުވީ 10 މެމްބަރުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިދިޔަ އަހަރު ފެށުނުއިރު އެ ޕާޓީގައި 52،142 މެމްބަރުން ތިބި ކަމަށް އޭރު އީސީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ. އެކަމަކު އޭގެ ފަހުން މެމްބަރުން މަދުވެ، އެ ޕާޓީގައި މިހާރު ތިބީ 43،755 މެމްބަރުން ކަަމަށް އީސީގެ ހިސާބުތަކުގައިވެ އެވެ.

ހަ މަސް ތެރޭގައި 10 މެމްބަރުން އިތުރުވިޔަސް، އެ ޕާޓީ އޮތީ ދެ ވަނަ އަށް އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގަ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި ރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިވަގުތު އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ގޮތުގައި އަަދިވެސް އޮތީ ޕީއެންސީ އެވެ. އެ ޕާޓީގައި 68,665 މެމްބަރުން އެބަ ތިއްބެވެ. އެކަމަކު މީގެ ފަސް މަސް ކުރިން އެ އަދަދު ހުރީ 68،968 ގަ އެވެ

އެ ހިސާބުތަކުގައިވާ ގޮތުން މިދިޔަ ހަ މަސް ތެރޭގައި އެ ޕާޓީން މަދުވީ 303 މެމްބަރުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންއެފް) އަށް 224 މެމްބަރުން އިތުރުވި އެވެ. ޔާމީނުގެ ޕީއެންއެފްގައި މީގެ ފަސް މަސް ކުރިން ތިބީ 2،822 މެމްބަރުން ކަމަށް ވިޔަސް މިހާރު 3,046 މެމްބަރުން އެބަ ތިއްބެވެ.

- އަދާލަތު ޕާޓީ - 8،844

- ޖުމްހޫރީ ޕާޓީ - 13،456

- މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް - 9،011

- މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް - 2،272

- މޯލްޑިވްސް ނޭޝަނަލް ޕާޓީ - 5،836

- ދަ ޑިމޮކްރެޓްސް - 3،547

ރާއްޖޭގައި ޖުމްލަ 13 ސިޔާސީ ޕާޓީ އުފެއްދިޔަސް ގާނޫނުގައި ބުނާ މެމްބަރުންގެ އަދަދު ހަމަނުވެގެން މި ފަހުން ޕީޕީއެމާއި ޑީއާރުޕީ އާއި އެމްއާރުއެމް ހިމެނޭހެން 4 ޕާޓީ ވަނީ އުވާލައިފަ އެވެ. އެހެންވެ، މިވަގުތު ހިންގަނީ 9 ޕާޓީ އެވެ.