ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕުގެ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕުގެ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި

ޓްރީ ޓޮޕް ހޮސްޕިޓަލްގެ މި އަހަރުގެ ފުރަތަމަ ހިތާނީ ކޭމްޕުގައި ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ކޭމްޕުގައި ބައިވެރިވުމަށް ބޭނުންވާ އާއިލާތަކުން އަންނަ އޮގަސްޓު މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ނަން ނޯޓުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ހުޅުމާލޭގައި ހިންގާ މަތީ ފެންވަރުގެ ހޮސްޕިޓަލުން ބުންޏެވެ.

މި އަހަރުގެ ހިތާނީ ކޭމްޕުގެ އަގަކީ އާސަންދަ އަށް ކެނޑުމަށް ފަހު 5،500ރ. އެވެ. މި ކޭމްޕުގެ ޕްރޮސީޖާތައް ކުރިއަށް ގެންދާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެމް އޮގަސްޓު މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހިތާނީ ޕެކޭޖުގެ ތެރޭގައި ހިމެނޭ ހިދުމަތްތަކަކީ:

- ޔޫރޮލޮޖިސްޓް އަދި އެނެސްތީސިއޮލޮޖިސްޓުންގެ އޮޕަރޭޝަނުގެ ކުރީގެ ކޮންސަލްޓޭޝަން

- ޕްރޮސީޖާއާ ގުޅޭ އާންމު ލެބޯޓަރީ ޓެސްޓުތައް

- ލޯކަލް ނުވަތަ ޖެނެރަލް އެނެސްތީސިއާގެ ދަށުން ހިތާނުކުރުން

- އޮޕަރޭޝަނަށް ބޭނުންވާ ހުރިހާ ތަކެއްޗާއި ބޭސް

- އޮޕަރޭޝަނަށް ފަހު ޑޭކެއާގައި މޮނިޓާ ކުރުން

- ފޮލޯއަޕް ކޮންސަލްޓޭޝަން

- އޮޕަރޭޝަނަށް ފަހު ލުއި ކެއުން

- ހާއްސަ އަގެއްގައި ޕްރައިވެޓް ރޫމަށް އަޕްގްރޭޑް ކުރުމުގެ ފުރުސަތު

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހިތާނީ ކޭމްޕުގައި ހިދުމަތް ދޭނީ އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުންނާއި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރުން ހިމެނޭ ގޮތަށް ތަޖުރިބާކާރު މެޑިކަލް ޓީމަކުން ކަމަށް ހޮސްޕިޓަލުން ބުންޏެވެ. މި ޓީމުގައި ހިމެނެނީ ޑރ. ހުސައިން ހަދީވް އާއި ޑރ. އުކްތަމް އަބްދުﷲ އާއި ޑރ. މައުމޫން އާސިމާއި ޑރ. އިބްރާހީމް މުއުމިނާއި ޑރ. މުހައްމަދު ޝަރީފާއި ޑރ. އަބްދުﷲ އުބައިދު އަދި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރު ޑރ. މެހްމެތު އޮޑަރެވެ.

މިކޭމްޕުގައި ބައިވެރިވުމަށް 3351610 އަށް ގުޅައިގެން ރަޖިސްޓަރީ ކުރެވޭނެ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ.