މަހަށް ނުކުތް ޒުވާނުންތަކެއް ތޮއްޑޫ ކައިރިން "މާވަހަރެއް" ހޮވައިފި
މަހަށް ނުކުތް ޒުވާނުންތަކެއް ތޮއްޑޫ ކައިރިން "މާވަހަރެއް" ހޮވައިފި

އއ. ތޮއްޑޫ ކައިރިއަށް މަހަށް ނުކުމެ އުޅުނު ޒުވާނުންތަކަކަށް މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް އިއްޔެ ފެނިއްޖެ އެވެ.

މާވަހަރުގެ އަގު ބޮޑު ވައްތަރު ކަމަށްވާ ހުދަންބަރެއް ފެނުނީ ތޮއްޑޫ ކައިރިއަށް މަހަށް ނުކުމެ އުޅުނު އެ އަތޮޅު އުކުޅަހުގެ ޒުވާނުންތަކަކަށެވެ.

ޑިންގީގައި އެ ވަގުތު ތިބި ތިން މީހުންގެ ތެރެއިން އަލީ ޝަހީމް ހަސަން "މިހާރު"އަށް ބުނީ ގްރޫޕް ހަދައިގެން ދޭތެރެއަކުން އެ މީހުން މަޖާކޮށްލަން މަހަށް ނުކުންނަ ކަމަށެވެ. އިއްޔެއަކީ ވެސް އެ ތިން މީހުންނަށް އެ ކަހަލަ ދުވަހެކެވެ.

އެ މީހުންނަށް ފެނުނީ ހުދަންބަރެއް ކަމަށް މީގެ ކުރިން މާވަހަރު ފެނުނު މީހުން، ބުނެފައިވާ ކަމަށް ވެސް ޝަހީމް ބުންޏެވެ.

އެ އެތީގެ ބަރުދަނުގައި 12-15 ކިލޯ އެބަހުއްޓެވެ.

"ޓެސްޓުކުރެވޭނެ ގޮތްތަކެއް އޮތްތޯ މި ބަލަނީ،" ޝަހީމް ބުންޏެވެ.