ގެއަކުން ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މީހަކު އަތުލައިގެންފި
ގެއަކުން ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މީހަކު އަތުލައިގެންފި

މާލޭގެ ގެއަކުން ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މީހަކު އަތުލައިގެންފި އެވެ.

ގެއަކުން ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މީހަކު އަތުލައިގެންފި
ގެއަކުން ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މީހަކު އަތުލައިގެންފި

ފުލުހުން މިއަދު ބުނީ މައްޗަންގޮޅީގައި ހުންނަ ގެއެއްގެ ތިޖޫރީއެއް ވަަގަށް ނަގާފައިވާ މައްސަލަ ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން މިހާރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ރ. އަލިފުށި، ހަބީބީހެޕް، އިސްމާއީލް ސާއިފް، 39 އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ސީސީޓީވީ ފުޓޭޖު ބަލައި ދެނެގަނެގެން ކަމަށެވެ. ތިޖޫރި ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ އެ މީހާ ހައްޔަރުކުރީ މިއަދު ހެނދުނު 11:05 ހާއިރު މާވެޔޮ މަގުން ކަމަށް ފުލުހުން ބުންޏެވެ.

ސާއިފް ހައްޔަރުކޮށް ބަލައި ފާސްކުރި އިރު، ތިޖޫރީން އޭނާ ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ ފައިސާ އާއި އެ އިން ބައެއް ފައިސާއިން ގަނެފައިވާ ކަމަށް ބެލެވޭ މޯބައިލް ފޯނެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.