01 ޖުލައި 2025 - 10:48

މޯލްޑިވްސް އިމިގްރޭޝަނުން ބަލަމުން އަންނަ މައްސަލައެއްގައި ކޮލަމްބިއާގެ އަންހެނަކު، އެ އިދާރާއަށް ހާޒިރުވާން އަންގައި ފޮޓޯ އާންމުކޮށްފި އެވެ.
އިމިގްރޭޝަނުން ހޯދަނީ އުމުރުން 35 އަހަރުގެ ލައުރާ މާސޭޑީސް ގުއެރާ އެސްކުއެދުރޯ އެވެ.
އިމިގްރޭޝަނުން ވަނީ ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އެ އިދާރާގެ ރިސްކް އިންޓެލިޖެންސް ސެކްޝަނަށް ހެނދުނު 8:00 އާއި 2:00 އާ ދެމެދުގެ ވަގުތެއްގައި އޭނާއަށް ހާޒިރުވާން އަންގައިފަ އެވެ.
އެހެންނަމަވެސް އެއީ ކޮން މައްސަލައެއްގައި ހޯދާ މީހެއް ކަމެއް ސާފެއް ނޫނެވެ.
އިމިގްރޭޝަނުން ވަނީ އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، އެ އިދާރާއަށް ގުޅައިގެން އަންގައިދޭން ވެސް އެދިފަ އެވެ.