ސިންގަޕޫރުން ރަސްމީކޮށް ރައީސަށް މަރުހަބާ ދަންނަވައިފި
ސިންގަޕޫރުން ރަސްމީކޮށް ރައީސަށް މަރުހަބާ ދަންނަވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ އެ ގައުމުގެ ރައީސާއި ބޮޑުވަޒީރު ރަސްމީކޮށް މިއަދު މަރުހަބާ ދަންނަވައިފި އެވެ.

ސިންގަޕޫރުން ރަސްމީކޮށް ރައީސަށް މަރުހަބާ ދަންނަވައިފި
ސިންގަޕޫރުން ރަސްމީކޮށް ރައީސަށް މަރުހަބާ ދަންނަވައިފި

ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް ރައީސް މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒަށް ރައީސް ތަރުމަން މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނަށް ގާޑް އޮފް އޮނާއެއް އެރުވި އެވެ.

ސިންގަޕޫރުގެ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ތަރްމަންގެ ދެކަނބަލުން ރައީސް މުއިއްޒުގެ ދެކަނބަލުންނާ ބައްދަލު ކުރެއްވި އެވެ. އެ ރަސްމިއްޔާތަށް ފަހު، ސިންގަޕޫރުގެ ބޮޑުވަޒީރު ލޮރެންސް ވޮންގް ވެސް ވަނީ ރައީސް މުއިއްޒާ ބައްދަލު ކުރައްވައިފަ އެވެ.

ރައީސް މުއިއްޒު ވަނީ ސިންގަޕޫރާއި ރާއްޖެއާ ދެމެދު އޮތް ހާރިޖީ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅޭ ހާއްސަ ފޮތެއް ވެސް ސިންގަޕޫރުގެ ރައީސަށް އަރުވައިފަ އެވެ.

އެ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފަ އެވެ.