27 ޖޫން 2025 - 08:27

ހުޅުމާލެ ހޮސްޕިޓަލުގެ ކަރަންޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، އޯޕީޑީ ހިދުމަތްތައް ފޭސް 2 ގެ ހިޔާ ޓަވަރުގައި ހުންނަ ކްލިނިކަށް ވަގުތީ ގޮތުން ބަދަލުކޮށްފި އެވެ.
އެ ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނީ، ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ މައި ކަރަންޓު ޕެނަލަށް ކަމަށެވެ.
އެއާ އެކު، އެ މައްސަލަ ހައްލުވަންދެން، އެ ހޮސްޕިޓަލުގެ އޯޕީޑީ ހިދުމަތްތައް ވަގުތީ ގޮތުން، ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓު 16 ގައި ގާއިމުކޮށްފައިވާ ޖެނެރަލް ޕްރެކްޓިސް ކްލިނިކަށް ބަދަލުކުރެވިފައިވާ ކަމަށް ބުންޏެވެ.
އަދި ކަރަންޓު ޕެނަލަށް ދިމާވި މައްސަލަ ހައްލުކުރަން، ކަމާ ގުޅޭ މުވައްޒަފުން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
އެ މައްސަލަ ހައްލުވުމާ އެކު އޯޕީޑީގެ ހިދުމަތްތައް އަލުން ހޮސްޕިޓަލަށް ބަދަލުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.
މި ކަމާ ގުޅިގެން ބަލި މީހުންނަށް ދިމާވެދާނެ ދަތިތަކަށް އެ ހޮސްޕިޓަލުން ވަނީ މާފަށް އެދިފަ އެވެ.