ޗެކް ޕޯސްޓަކަށް މަޑުނުކޮށް ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި ޒުވާނަކު ހައްޔަރުކޮށްފި
ޗެކް ޕޯސްޓަކަށް މަޑުނުކޮށް ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި ޒުވާނަކު ހައްޔަރުކޮށްފި

ލައިސަންސް ނެތި ސައިކަލް ދުއްވި ޒުވާނަކު، ޗެކް ޕޮއިންޓަކުން މިރޭ ހުއްޓުވަން އުޅުމުން ޓްރެފިކް ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސައިފި އެވެ.

ފުލުހުން ބުނި ގޮތުގައި ޓްރެފިކް ޕޮއިންޓަކުން ސައިކަލެއް ހުއްޓުވަން އުޅުމުން މަޑު ނުކޮށް ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައި ދިޔަ ކަމަށެވެ. އެކަން ހިނގީ މިރޭ 20:20 ހާއިރު، ހުޅުމާލޭ، ޖަވާހިރުމާ ހިނގުމުގައި ފުލުހުންގެ ވެހިކަލް ޗެކް ޕޮއިންޓްގަ އެވެ.

އެގޮތަށް ބާރަށް ސައިކަލްގައި ގޮސް ފުލުހެއްގެ ގައިގައި ޖައްސާފައިވާ ކަމަށް ވެސް ބުންޏެވެ. އެ ފުލުސް މީހާއަށް ވަނީ އަނިޔާވެފަ އެވެ.

އެ ސައިކަލު ދުއްވީ މާލެ، މ. ބަހާރުވިލާ، ޔޫނުސް ހަލީލް އަބްދުﷲ 18 އެވެ.

އޭނާގެ އަތުގައި އެއްގައުމު އުޅަނދު ދުއްވުމުގެ ލައިސަންސްއެއް ނެތެވެ.

ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.