24 ޖޫން 2025 - 13:07

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައިވާ ގާއިމްކޮށްފައިވާ ކެތު ލެބުގެ ހިދުމަތްތައް، ހަތަރު މަހެއްހާ ދުވަހުގެ ރެރޭގައި ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން، މިދިޔަ މަހުގެ 14 ގައި ފޮނުއްވި ސިޓީއާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ކެތު ލެބު ފެށުމަށް އިމާރާތަށް ގެންނަ ބަދަލުތަކާއި މެޝިނަރީޒް ގުޅުމާއި އެ ހިދުމަތް ފެށުމާ ގުޅުން ހުރި މަސައްކަތްތަކުގެ 98 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށެވެ.
އެއަށްފަހު، ކެތު ލެބު ހިންގައި އޮޕަރޭޓުކުރުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށްފަހު ހަތަރު މަހެއްހާ ތެރޭގައި ހިދުމަތް ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް، ލިޔުމުން ދެއްވި ޖަވާބުގައި ނާޒިމް ވިދާޅުވި އެވެ.
ހިތުގެ ބަލިތަކަށް ފަރުވާ ދިނުމަށް އައްޑޫގައި ކެތު ލެބު ގާއިމްކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، އޮކްޓޯބަރު، 2023 ގަ އެވެ. އެކަމަކު، ދޮޅު އަހަރުވެގެންދިޔައިރު ވެސް އެ ތަން ބޭނުމެއް ނުކުރެވެ އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ ކެތު ލެބު ފަސް އަހަރަށް މެނޭޖުކޮށް އޮޕަރޭޓުކުރަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 29ގެ ކުރިން މައުލޫމާތު ހުށަހަޅަން އެދިފަ އެވެ.
ކެތު ލެބުން ހިތުގެ ބަލިތަކަށް އެންޖިއޯގްރަފީ، އިންވޭސިވް އަދި ނޮން އިންވޭސިވް ޕްރޮސީޖާތައް ހެދޭނެ އެވެ.