ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ޖަލްސާއަށް އިބޫ ވަޑައިނުގަންނަވާ!
ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ޖަލްސާއަށް އިބޫ ވަޑައިނުގަންނަވާ!

ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެ ޕާޓީއާ ގުޅިވަޑައިގަތުން ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާއަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަޑައިނުގަންނަވަ އެވެ.

ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ޖަލްސާއަށް އިބޫ ވަޑައިނުގަންނަވާ!
ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ޖަލްސާއަށް އިބޫ ވަޑައިނުގަންނަވާ!

މިރޭގެ ޖަލްސާއަށް އިބޫ ވަޑައިނުގަންނަވާއިރު އެ މަނިކުފާނު ވެސް އަދި ނަޝީދު ވެސް ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.

ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ޖަލްސާއަށް އިބޫ ވަޑައިނުގަންނަވާ!
ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ޖަލްސާއަށް އިބޫ ވަޑައިނުގަންނަވާ!

މިރޭގެ ޖަލްސާގައި އެމްޑީޕީގެ އިސްބޭފުޅުންގެ ތެރެއިން ތިއްބެވީ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދެވެ. އަދި ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ނަޝީދު ފުރަތަމަ ފަހަރަށް އެމްޑީޕީގެ ރީނދޫ ޕޯޑިއަމްގައި ދެއްކެވި ތާރީހީ ވާހަކަފުޅުގައި ވެސް ކުރިން އެ މަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ އިބޫގެ ނަމެއް ފާހަގައެއް ނުކުރައްވަ އެވެ.

އޭގެ ބަދަލުގައި ހާއްސަ ޝުކުރު ތަކުރާރު ކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދަށެވެ.

ދެން ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިބޫ ހާމަކުރެއްވީ ވެސް ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގަތުން ފާހަގަކުރާ ޖަލްސާ އަށް ތައްޔާރުވަމުން އަންނަނިކޮށް، އެ ޕާޓީގެ އިސްބައެއް ބޭފުޅުންނާ އެކު ރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ. އެކަމަކު އިބޫގެ އެ ނިންމެވުމާ ގުޅޭ ގޮތުން އެމްޑީޕީން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

އެންމެފަހުން 2023 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަންޖެހިވަޑައިގަތް އިބޫ، ދެވަނަ ދައުރެއް ހޯއްދަވަން އަނެއްކާވެސް އިންތިހާބަށް ނުކުމެވަޑައިގަންނަވާނެކަން އިއުލާން ކުރެއްވީ ވެސް ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ނިންމެވުމާ އެކުގަ އެވެ.

އެމްޑީޕީން މިދިޔަ އޭޕްރީލް 12 ގައި ނިންމާފައި ވަނީ މި އަހަރުގެ އޮގަސްޓް 15 އިގެ ކުރިން އެ ޕާޓީގެ ކޮންގްރެސް ބާއްވާށެވެ. ބެލެވޭ ގޮތުގައި އެއީ 2028 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކާ މެދު ގޮތެއް ކަނޑައަޅަން ބާއްވާ ކޮންގްރެސްއެކެވެ.

އިބޫގެ ވެރިކަމުގައި ނަޝީދު އެމްޑީޕީ ދޫކުރައްވައި، "ދަ ޑިމޮކްރެޓްސް" އުފެއްދެވުމުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ވަނީ އަލުން އެމްޑީޕީއާ މިރޭ ގުޅިވަޑައިގެންފަ އެވެ.

އިބޫއަށް މިދިޔަ ރިޔާސީ އިންތިހާބު ނާކާމިޔާބުވީ ނަޝީދުއާ އެކު، އުފެދުނު ހިޔާލުތަފާތުވުންތަކުގައި އެމްޑީޕީ ބައިބައިވުމުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.