މެދުއިރުމަތީގައި ހަމަޖެހުން ގާއިމްކުރަން ރާއްޖޭގެ އެހީތެރިކަން އީރާނަށް ލިބޭނެ: ރައީސް
މެދުއިރުމަތީގައި ހަމަޖެހުން ގާއިމްކުރަން ރާއްޖޭގެ އެހީތެރިކަން އީރާނަށް ލިބޭނެ: ރައީސް

އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތައް ހައްލުކޮށް، ސުލްހަ ގާއިމްކުރަން ރާއްޖޭގެ އެހީތެރިކަން ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މެދުއިރުމަތީގައި ހަމަޖެހުން ގާއިމްކުރަން ރާއްޖޭގެ އެހީތެރިކަން އީރާނަށް ލިބޭނެ: ރައީސް
މެދުއިރުމަތީގައި ހަމަޖެހުން ގާއިމްކުރަން ރާއްޖޭގެ އެހީތެރިކަން އީރާނަށް ލިބޭނެ: ރައީސް

ރައީސް އެގޮތަށް ވިދާޅުވީ އީރާނުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ޑރ. އަލީރިޒާ ދެލްކޯޝްގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވުމަށް ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތަށްފަހު ދެ ބޭފުޅުން ކުރެއްވި މަޝްވަރާތަކުގަ އެވެ.

މެދުއިރުމަތީގައި ހަމަޖެހުން ގާއިމްކުރަން ރާއްޖޭގެ އެހީތެރިކަން އީރާނަށް ލިބޭނެ: ރައީސް
މެދުއިރުމަތީގައި ހަމަޖެހުން ގާއިމްކުރަން ރާއްޖޭގެ އެހީތެރިކަން އީރާނަށް ލިބޭނެ: ރައީސް

ރައީސް އޮފީހުން ބުނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި އިގުތިސާދީ ގޮތުން އެއްބާރުލުން އިތުރު ކުރުމާއި ފަންނީ ތަޖުރިބާ ހިއްސާކުރުމާއި ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަން ދެ ބޭފުޅުން ވެސް ފާޅުކުރެއްވި ކަމަށެވެ.

"މެދުއިރުމަތީގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، އެ ސަރަހައްދުގެ ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން އޮތީ ތައްޔާރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ،" ރައީސް އޮފީހުން ބުންޏެވެ.

ރައީސް މުއިއްޒު މިފަދަ ކަންކަމުގައި ގެންގުޅުއްވާ ސިޔާސަތަށް ސަފީރު ތައުރީފު ކުރައްވައި، އީރާނުގެ ލީޑާޝިޕްގެ ނަމުގައި ޝުކުރު އަދާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިއީ ރާއްޖެއިން އީރާނާއެކު އޮތް ހާރިޖީ ގުޅުން 2016 ވަނަ އަހަރު ރާއްޖެއިން ކަނޑާލާފައި ވަނިކޮށް އެ ގުޅުން ސެޕްޓެމްބަރު، 2023 ގައި އަލުން ގާއިމްކުރި ފަހުން އެ ގައުމުން ރާއްޖެއަށް ސަފީރަކު ކަނޑައެޅި ފުރަތަމަ ފަހަރެވެ.

ރައީސް މި މަހުގެ 13 ވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިޒުރޭލުން އީރާނަށް މިހާރު ދެމުން ގެންދާ ހަމަލާތައް ކުށްވެރި ކުރައްވައި، އެ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ހިލާފު ހަމަލާތަކެއް ކަމުގައި ވިދާޅުވެފަ އެވެ.

އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި އީރާންގެ އެތައް ބަޔަކު މަރުވެފައިވާއިރު، ރައްދުގައި އީރާނުން ވެސް ދަނީ އިޒްރޭލަށް ހަމަލާތައް ދެމުންނެވެ. އަދި އެ ހަމަލާތަކުގައި އެމެރިކާއިން ބައިވެރިވެ، އީރާނުގެ ނިއުކްލިއާ ތިން ޕްލާންޓަކަށް އިއްޔެ ވަނީ އެމެރިކާއިން ހަމަލާދީފަ އެވެ.