23 ޖޫން 2025 - 14:37

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން އޮފީސް ރޭ ފަޅާލައި، އެ ތަނުން އަގުބޮޑު މުދާތަކެއް ނަގައިފި އެވެ.
ފުލުހުން ބުނީ، މާލެ ހިޔާ ކައިރީގައި ހުންނަ ގަލޮޅު ޔޫތު ސެންޓަރުގައި ހިންގާ އެ އެސޯސިއޭޝަންގެ އޮފީހުގެ ދޮރު ހަލާކުކޮށްލައި ވައްކަން ކޮށްފައިވާ މައްސަލައެއްގެ ރިޕޯޓު ލިބުނީ މިއަދުގެ ހެނދުނު 8:56 ހާއިރު ކަމަށެވެ.
އެ އެސޯސިއޭޝަނުން ބުނީ އެ ތަނުން "ޑެލް އިންސްޕިރޯން 15" ގެ ދެ ލެޕްޓޮޕާއި ލެނޯވޯ ހަތަރު ޓެބްލެޓާއި ދެ ހާޑް ޑިސްކާއި ސެމްސަންގް ފޯނެއްގެ އިތުރުން ވެސް ބައެއް އެހެން ސާމާނު ވަގަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ތަކެތި ވިއްކަން ނުވަތަ އެ ނޫން ގޮތަކަށް ވެސް ދައުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެއްވެސް މައުލޫމާތު އެނގޭ ނަމަ ވީ އެންމެ އަވަހަކަށް 9666918 ނުވަތަ 9499553 އަށް ގުޅުމަށް ބޮޑީބޯޑިން އެސޯސިއޭޝަނުން އެދެ އެވެ.
މި ވައްކަމުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.