22 ޖޫން 2025 - 18:42

"ހާޖީ އެމްވީ" ނަމުގައި ހައްޖާއި އުމްރާގެ މައުލޫމާތު ފަސޭހައިން ލިބޭ އެޕެއް އިސްލާމިކް މިނިސްޓްރީން ތައާރަފުކޮށްފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ "ހާޖީ އެމްވީ"ގައި ހިމެނޭ ހުރިހާ މައުލޫމާތަކީ މިނިސްޓްރީން ފާސްކޮށްފައިވާ މައުލޫމާތު ކަމަށެވެ.

އަދި އެ އެޕްގެ ސަބަބުން ދުއާ ފޮތްތަކާއި ހައްޖާއި އުމްރާއާ ބެހޭ ފޮތްތަކާ ނުލައި، ފޯނުން އެ ކަމާ ގުޅޭ މައުލޫމާތު ލިބޭނެ ކަމަށް ވެސް އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.
- ޒިކުރު ކުރުން
- ތޮވާފް ކުރުން
- ސައުޔުގެ އަދަދު ކަށަވަރު ކުރާނެގޮތް
- ގުރުއާނާއި ސުންނަތުން ސާބިތުވާ ދުއާތައް
- ހައްޖާއި އުމްރާއާ ގުޅޭ މައުލޫމާތު ހިމެނޭ ވީޑިއޯ
- މައްކާ އާއި މަދީނާގެ އިސްލާމީ ތާރީހާ ބެހޭ ވީޑިއޯ
މިނިސްޓަރު ވިދާޅުވީ މިއީ އެ އެޕްގެ ފުރަތަމަ ވާޝަން ކަމަށެވެ.
އަމާޒަކީ ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ފަސޭހަކުރުން ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ އެޕް އިތުރަށް ތަރައްގީ ކުރާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.