މާކް ބުނަނީ ކާން އެކަނި އަންނަން ވެސް "ޓޫނާ ޕެރަޑައިސް" ސަޅިއޭ!
މާކް ބުނަނީ ކާން އެކަނި އަންނަން ވެސް "ޓޫނާ ޕެރަޑައިސް" ސަޅިއޭ!

ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުންގެ ހިތް ދޫވަނީ، ރާއްޖޭގެ ރީތި މޫދާއި ގޮނޑުދޮށްތަކަށެވެ. އެކަމަކު މާކް ވިއެންސް ރާއްޖެ ސިފަކުރީ "ޓޫނާ ޕެރަޑައިސް"ގެ ގޮތުގަ އެވެ. އޭނާއަށް ކަމުދިޔައީ ރާއްޖޭގެ ކެއުންތަކެވެ. ކާން އެކަނި ވެސް ރާއްޖެ މިއީ އަންނަން ޖެހޭ ތަނެއް ކަމަށް ޔޫޓިއުބްގައި 11 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބަރުން ތިބި މާކް ބުންޏެެވެ.

މާކް ބުނަނީ ކާން އެކަނި އަންނަން ވެސް "ޓޫނާ ޕެރަޑައިސް" ސަޅިއޭ!
މާކް ބުނަނީ ކާން އެކަނި އަންނަން ވެސް "ޓޫނާ ޕެރަޑައިސް" ސަޅިއޭ!

ގިނަ ބަޔަކު ފޮލޯކުރާ މާކް އަކީ އެކި ގައުމުތަކަށް ގޮސް ކެއުންތަކުގެ ރަހަ ބަލައި އާއްމުންނަށް ގެނެސްދޭ މީހަކަށް ވާތީ، އޭނާ ރާއްޖެ އައީ ވެސް ކެއުންތައް ތަޖުރިބާކޮށްލާށެވެ. މި ގައުމުން އޭނާއަށް އެންމެ ޝައުވެރިވީ ދިވެހިންގެ ހުރިހާ އިރެއްގެ ކެއުމެއްގައި ވެސް ކަނޑުމަސް ބޭނުންކުރާތީ އެވެ.

މާކް ބުނަނީ ކާން އެކަނި އަންނަން ވެސް "ޓޫނާ ޕެރަޑައިސް" ސަޅިއޭ!
މާކް ބުނަނީ ކާން އެކަނި އަންނަން ވެސް "ޓޫނާ ޕެރަޑައިސް" ސަޅިއޭ!

މާކްގެ ރާއްޖެ ދަތުރުގެ ވީޑިއޯ ނެގީ އައްޑޫ ހިތަދޫގަ އެވެ. ޔޫޓިއުބްގައި އިއްޔެ އާއްމުކޮށްފައިވާ 50 މިނެޓުގެ ވީޑިއޯގައި ފެންނަނީ ދިވެހިންގެ ކޮންމެ ދުވަހެއްގެ ވެސް ސުފުރާ މައްޗެވެ. އޭނާ ވަނީ 24 ގަޑިއިރު އޭނާ ކެއި ހުރިހާ ކެއުމަކާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ.

މާކް ބުނަނީ ކާން އެކަނި އަންނަން ވެސް "ޓޫނާ ޕެރަޑައިސް" ސަޅިއޭ!
މާކް ބުނަނީ ކާން އެކަނި އަންނަން ވެސް "ޓޫނާ ޕެރަޑައިސް" ސަޅިއޭ!

ކަޅުބިލަމަހާއި ލައްޓި އާއި ކަންނެލި އަދި ފަރުމަސް ކައްކައި ކެއުންތަކުގެ ރަހަ އޭނާ ބެލި އެވެ. ތިން އިރަށް ރާއްޖޭގައި މަހުގެ އެކި ބާވަތްތައް ހިމަނައިގެން ހަދާ ކެއުންތަކުގެ ރަހަ ބަލަން ވެސް ރާއްޖެ އަކީ އަންނަން ޖެހޭ ތަނެއްގެ ގޮތުގައި މާކް އޭނާގެ ފޮލޯވަރުންނަށް ކިޔައިދިނެވެ.

މާކް ބުނަނީ ކާން އެކަނި އަންނަން ވެސް "ޓޫނާ ޕެރަޑައިސް" ސަޅިއޭ!
މާކް ބުނަނީ ކާން އެކަނި އަންނަން ވެސް "ޓޫނާ ޕެރަޑައިސް" ސަޅިއޭ!

ކޮންމެ ގަޑިއެއްގެ ކެއުމުގައި ވެސް މަސް އަޅައިގެން ތައްޔާރުކުރާ އެކި ކަހަލަ އެއްޗެހިތައް ރަހަ ބަލައި މާކް ބުނީ ހުރިހާ ކެއުމެއްގައި މަސް ބޭނުންކުރިޔަސް ކޮންމެ އެއްޗެއްގައި ވެސް ލަނީ ވަރަށް ތަފާތު މީރު ރަހައެއް ކަމަށެވެ.

އައްޑޫގެ ގެއެއްގައި ހެނދުނު ސައިބޯން އިންނަ މަަންޒަރު ވެސް ވީޑިއޯގައި ހިމަނާގައިވެ އެވެ. އޭނާ ވަނީ ވަޅޯ މަހުގެ މަސްހުންޏާއި ބަރަބޯ މަސްހުންޏާއި ރިހާކުރާއި ދިޔާ ހަކުރާއި ރޮއްޓާއި ޑިސްކު މަސްހުންޏާއި ކުޅި މަހާއި މުރަނގަ ފަތު ބިސްގަނޑުގެ ރަހަ ވެސް ބަލައިފަ އެވެ.

މީހަކު ކިޔައިދިނުމުން އޭނާ އަމިއްލަ އަށް ވެސް މަސްހުނި ހަދައި އޭގެ ރަހަ ބަލާ މަންޒަރު ފެނެ އެވެ.

މާކްގެ މި ދަތުރުގައި އައްޑޫގެ ދަނޑަކަށް ވެސް ދިޔަ އެވެ. މުޑިކާށީގެ އިތުރުން ވެސް އޭނާ ވަނީ ދަނޑުގައި ހައްދައި އެކި ކަހަލަ ބާވަތްތައް ރިހާކުރާ ޖައްސައިގެން ކައިފަ އެވެ. މަޖާ ހެދުމުގައި އާންމުކޮށް މި ބޭނުންކުރާ ހުތް އަނބު ކަހަލަ ސާމާނު ހިމެނޭ ތައްޓެއް އަތަށް ލައިގެން ހުރެ އެއިން ވެސް ދޭ ރަހަތައް އޭނާ ބެލި އެވެ. އަދި ރިހާކުރާއި މަހާއި ކާށި ކާ ތަން ވެސް ފެެނެ އެވެ.

އޭގެ އިތުރުން ކުޅި މަހާ އެކު ދިވެހިން އާންމުކޮށް ކައި އުޅޭ ގޮތަށް ބޮނޑިބަތާއި އިތުރު ފޮނި އެއްޗެހިތަކެއް ވެސް އޭނާ ކަ އެވެ.

މާކް ވަނީ އައްޑޫގެ ގެއަކަށް ގޮސް އެ ރަށުގައި މަޝްހޫރު އައްޑޫ ބޮނޑި ހަދާ ގޮތް ވެސް ބަލައިފަ އެވެ. އޭނާގެ ވީޑިއޯގައި ބޮނޑި ހެދުމުގެ މަރުހަލާތައް ކުރިއަށްދާ ގޮތް ދައްކާލަ އެވެ. އެ ގެއިން އޭނާ ނުކުމެގެން ދަނީ ބޮނޑީގެ ރަހަ ވެސް ބަލައިގެންނެވެ.

އޭގެ ފަހުން ދެން ފެންނަނީ، އައްޑޫގެ ކެފޭއެއްގައި ވަރަށް ދިވެހި ކެއުންތަކެއް ވަށާލައިގެން އިންދަ އެވެ. އެ ކެއުމުގައި ގަރުދިޔަ އާއި ފިހުނު މަހާއި ކައްކާފައިވާ މަހުގެ ބޮލާއި ރިހާކުރާއި ރިހާކުރު ދިޔަ އާއި ރިހަ އާއި ކައްޓަލަ އާއި ދޮންކެޔޮ ކަހަލަ އެއްޗެހި ފެނު ކައްކާފައި ހުއްޓެވެ. އެ ހުރިހާ އެއްޗެއް ވެސް އޭނާ ރަހަ ބަލަ އެވެ.

މެންދުރުގެ ކެއުމަށް ފަހު އޭނާ ވަނީ ހެދިކާ ވިއްކާ ގެއަކަށް ގޮސް އެ މީހުން އެކި ކަހަލަ ހެދިކާތައް ހަދާތަން ވެސް ވީޑިއޯގައި ދައްކުވައިދީފަ އެވެ.

މާކްގެ ވީޑިއޯގައި ވަނީ އައްޑޫ ހަވާދު ހަދާ ގެއަކަށް ގޮސް، ރޭގަނޑުގެ ކެއުމަށް ހަވާދު އަޅައިގެން އެކި ކަހަލަ ރިހަތައް ކައްކާ މަންޒަރު ވެސް ދައްކުވައިދީ، އޭގެ ރަހަތައް ވެސް ބަލައިފަ އެވެ.

"މައިގްރޭޝަނަލޮޖީ" ގެ ނަމުން މަޝްހޫރުވެފައި މާކަކީ އެކި ގައުމުތަކަށް ގޮސް އެ މީހުން ކެއުންބުއިމުގައި ބޭނުންކުރާ ތަކެތި ރަހަ ބަލައިގެން ޔޫޓިއުބްގައި 11.2 މިލިއަން ސަބްސްކްރައިބަރުން އަދި ފޭސްބުކްގައި 7.1 މިލިއަން ހޯދާފައިވާ މީހެކެވެ.

އޭނާ ދެކޭ ގޮތުގައި މީހުންނާ އެންމެ ގުޅުވައިދެނީ އެ ބައެއްގެ ކެއުންތައް މެދުވެރިކޮށެވެ.

މާކްއަކީ އޭނާގެ ބަހުން ނަމަ، "ފުލް ޓައިމް އީޓާ" އެކެވެ. އޭނާ ވަނީ ސީރިއާ އާއި ފަލަސްތީން، ގަތަރު، ދުބާއީ، ޖޯޑަން އަދި އެފްރިކާގެ އެކި ގައުމުތަކާއި ތައިލެންޑް، ވިއެޓްނާމް، ޖަޕާން، ސިންގަޕޫރު، މެލޭޝިއާ، އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، އުޒްބަކިސްތާން، ޕެރޫ އަދި ކޮރެއާ، މަޑަގަސްކަރަ އާއި އަދިވެސް އެތައް ގައުމެއްގެ ކެއުންތައް ރަހަ ބަލައި އޭގެ ވީޑިއޯތައް ހަަދައިފަ އެވެ.