22 ޖޫން 2025 - 11:10

މާލޭގެ ގެއެއްގެ ދެވަނަ ފަންގިފިލާއިން ރޭ ފަތިހު ވެއްޓުނު އަންހެނަކަށް ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ މައްޗަންގޮޅީގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލާއިން އުމުރުން 42 އަހަރުގެ ދިވެހި އަންހެނަކު ވެއްޓިފައިވާ މައްސަލަ ރޭގެ ފަތިހު 4:00 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެ އަންހެން މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނައިރު ފުލުހުން ބުނީ އޭނާގެ ދެ ފައިގެ ކުޑަހުޅު ނެއްޓި، ކަށިގަނޑު ބޭރަށް ނިކުމެ އަނިޔާވެފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އިތުރު ތަފުސީލެއް އަދި ނުދެ އެވެ.