ނަތީޖާ ރަނގަޅުކުރަން މި އަހަރު ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެންނާނެ: މިނިސްޓަރު
ނަތީޖާ ރަނގަޅުކުރަން މި އަހަރު ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެންނާނެ: މިނިސްޓަރު

ނަތީޖާ ރަނގަޅުކުރަން ތައުލީމީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިރޭ ވިދާޅުވެއްޖެ އެވެ.

ނަތީޖާ ރަނގަޅުކުރަން މި އަހަރު ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެންނާނެ: މިނިސްޓަރު
ނަތީޖާ ރަނގަޅުކުރަން މި އަހަރު ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެންނާނެ: މިނިސްޓަރު

އޯ ލެވެލް ގަދަ10ގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ތައުލީމީ ދާއިރާގައި އެންމެ އިސްކަމެއް ދެނީ ދާއިރާގެ ހިންގުން ހަރުދަނާކުރަން ކަމަށެވެ. އަދި އެޑިޔުކޭޝަން އެޑްމިނިސްޓްރޭޝަން ވީހާ ވެސް ޒަމާނީ ކުރުމަށް ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

އެންމެ ބޮޑު ބަދަލެއް ގެންނަ ސެކްޝަނެއްގެ ގޮތުގައި ސްކޫލް އެޑްމިނިސްޓްރޭޝަން ސެކްޝަން ކަނޑައަޅާފައިވާ ކަމަށާއި ޕޭކޮމިޝަނުގެ ތެރެއިން އެކުލަވާލި އާ މެޓްރިކްސްއާ އެއްގޮތަށް ސުޕްރިންޓެންޑެންޓްގެ މަސައްކަތް މާދަމާ އިން ފެށިގެން ކުރިއަށްދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

- ވުޒާރާގެ ހިންގުން ހަރުދަނާ ކުރުން

- ކުއްޖެއްގެ ނިސްބަތުން ކުރެވޭ ހޭދަ މަތިކޮށް ވަސީލަތްތައް ގާއިމް ކުރުން

- ޓީޗަރުން ތަމްރީނުކޮށް ފެންވަރު މަތިކުރުން

- ސްކޫލުތަކުގެ ހިންގުން ހަރުދަނާ ކުރުން

- އުނގެނުމުގެ ފަހި މާހައުލެއް ގާއިމް ކުރުން

- ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް ތައުލީމީ ސިޔާސަތު ކަނޑައެޅުން

ދަރިވަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކޮށްގެން ނޫނީ މޮޅު ނަތީޖާއެއް ނުހޯދޭނެކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ސަބަބަށްޓަކައި މިދިޔަ އަހަރަށް ވުރެ މި އަހަރު ތައުލީމީ ބަޖެޓަށް 300 އެއްހާ މިލިއަން ރުފިޔާ އިތުރުކޮށްފައިވާ ކަމަށެވެ.