21 ޖޫން 2025 - 13:58

ބާ ކައުންސިލްގެ ނައިބު ރައީސަކަށް ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް އިންތިހާބުކޮށްފި އެވެ.
ރާއްޖޭގެ ގާނޫނީ ވަކީލުން ތަމްސީލުކުރާ ބާ ކައުންސިލްގެ ހުސްވެފައިވާ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރަން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އިންތިހާބުގައި ޝަމީލް، ނައިބު ރައީސްގެ މަގާމަށް އިންތިހާބުވީ 291 ވޯޓު ލިބިގެންނެވެ.
ޝަމީލްއާ ވާދަކުރެއްވި ބަންޑާރަ ނައިބު އޮފީހުގެ ކުރީގެ އިސް ވަކީލް މައާޝާ ލުތުފީއަށް ލިބުނީ 216 ވޯޓެވެ.
ޝަމީލަކީ މިހާރު ވެސް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެކެވެ. އޭނާއަކީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ކޯޓުގައި ވަކާލާތު ކުރައްވާ، ލޯ ފާމެއް ހިންގަވާ ވަކީލެކެވެ.
ކައުންސިލްގެ އެކްސްކޯގެ މެންބަރުންގެ ދެ މަގާމަކަށް ވެސް ވަކީލުން ވަނީ އިންތިހާބު ކޮށްފަ އެވެ. ބުރާސްފަތި ދުވަހު އޮތް އިންތިހާބުގައި އެ މަގާމުތަކަށް އިންތިހާބުވީ އަބްދުالله ނާހިދާއި އަހުމަދު ޝާފިއު އެވެ.