ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ފަސްޓްލޭޑީ ސާޖިދާ އުފައްދަވައިފި
ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ފަސްޓްލޭޑީ ސާޖިދާ އުފައްދަވައިފި

ސިއްހީ ދާއިރާއިން ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު އުފައްދަވައިފި އެވެ.

ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ފަސްޓްލޭޑީ ސާޖިދާ އުފައްދަވައިފި
ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ފަސްޓްލޭޑީ ސާޖިދާ އުފައްދަވައިފި

އެ ޖަމިއްޔާ އުފައްދަވާފައިވާކަން އެ ކަމަނާ އިއުލާން ކުރެއްވީ މޭކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ ހަތްވަނަ ސަމިޓުގެ އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.

އެ ޖަމިއްޔާ އުފެއްދެވި ސަބަބެއް ކަމަށް ފަސްޓް ލޭޑީ ވިދާޅުވީ މޭކް ފައުންޑޭޝަންގެ މަސައްކަތްތަކުން ހިތްވަރު ލިބިވަޑައިގެން ކަމަށެވެ. އަދި މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެ ކަމަނާގެ އިސްނެންގެވުމުގެ މަތިން ހިންގަވާފައިވާ ހަރަކާތްތަކާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ކޮމިޓީ ބައްދަލުވުމުގައި ވަނީ ހިއްސާ ކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ރާއްޖޭގައި އަގުހެޔޮ، އަދި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބޭނެ މަގުތައް ފަހި ކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، ރާއްޖޭގެ ސިއްހީ ދާއިރާގެ ހިދުމަތްތައް ރަނގަޅު ކުރުމަށް ދިގުމުއްދަތުގެ ފަންނީ ގުޅުންތައް ދެމެހެއްޓުމުގެ ޝައުގުވެރިކަން ވެސް ފާޅުކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމާއި ކެންސަރު ސްކްރީނިން އާއި ނަފްސާނީ ސިއްހަތާ ގުޅުން ހުރި ހިދުމަތްތައް ރަނގަޅު ކުރުމާއި ސިއްހީ ދާއިރާގައި އަންހެނުންގެ އިސްނެގުން އިތުރު ކުރުމަށް އެހީތެރިވާންޖެހޭ ކަން ވެސް އެ ފަސްޓް ލޭޑީ ސާޖިދާ ފާހަގަކުރެއްވި އެވެ.

ދަރިމައިނުވުމާއި މިންތީގެ ތަފާތުކުރުންތަކުން ލިބޭ އިހާނެތިކަމާއި އަންހެނުން ބާރުވެރިކުރުމާއި ހަކުރުބައްޔާއި ހައިޕާޓެންޝަން ފަދަ ބަލިތަކާއި އެފަދަ އެހެނިހެން މައްސަލަތަކަށް މުޖުތަމައު ހޭލުންތެރި ކުރުވުމަށް މޭކް ފައުންޑޭޝަނާ ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދިޔަ މަސައްކަތްތައް ވެސް ފަސްޓް ލޭޑީ ހިއްސާ ކުރެއްވި އެވެ.