17 ޖޫން 2025 - 22:50

ގެއްލުނު އަންހެންމީހާ މީގެ އިރުކޮޅެއް ކުރިން ފެނިފައިވާ ކަމަށް ފުލުހުން ބުނެފި. ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ބުނީ އެ މީހާ ފެނުނީ މާލެ އިން ކަމަށާއި ހާލު ރަނގަޅު ކަމަށް. އިތުރު ތަފުސީލެއް ފުލުހުން ނުދޭ.
މާލޭން 18 އަހަރުގެ ޒުވާން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ، އެ އަންހެން މީހާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު ކަމަށެވެ.
އަންހެން މީހާ ހޯދަން ފަށާފައިވަނީ، ރޭގެ ވަގުތެއްގައި އޭނާ ގެއިން ނުކުތް ގޮތަށް ހަބަރެއް ނުވެގެން އާއިލާއިން ރިޕޯޓު ކުރުމާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.