17 ޖޫން 2025 - 16:50

ތެލްއަވީވްގައި ހުންނަ އިޒްރޭލްގެ ފޮރިން އިންޓެލިޖެންސް އިދާރާ މޮސާދްގެ މަރުކަޒަށް އިރާނުން ހަމާލާ ދީފައިވާ ކަމަށް އެ ގައުމުން މިއަދު ބުނެފި އެވެ.
އެ ހަމަލާ ދިނީ އިރާނުގެ އެންމެ އިސް އަސްކަރީ އިދާރާ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުންނެވެ.
އިރާނުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް އާންމުކުރި ވީޑިއޯ މެސެޖެއްގައި ރިވޮލިއުޝަނަރީ ކޮމާންޑުން ބުނީ، އިރާނުން ދިން ހަމަލާތަކުގެ ސަބަބުން މޮސާދުގެ މަރުކަޒުގައި "މިހާރު އަލިފާން ރޯވެފައިވާ" ކަމަށެވެ.
"ޒަޔަނިސްޓް ވެރިކަމުގެ އަސްކަރީ ލަޝްކަރުގެ ޖާސޫސީ އިދާރާ 'އަމަން' އާއި ޒަޔަނިސްޓް ވެރިކަމުގެ ފަރާތުން ޓެރަރިޒަމްގެ އޮޕަރޭޝަންތައް ރާވާ ހިންގާ މަރުކަޒު 'މޮސާދް' ވެސް ވާނީ ހަމަލާ ދީފައި،" އިރާނުގެ ރިވޮލިއުޝަނަރީ ގާޑުން ނެރުނު ވީޑިއޯ މެސެޖުގައި ވެ އެވެ.
އިރާނުން މިއަދު ބުނީ އެ ގައުމުން އިޒްރޭލަށް ދޭ ހަމަލާތައް ކުރިއަށް ވުރެ އިތުރަށް ވަރުގަދަ ވާނެ ކަމަށެވެ.