17 ޖޫން 2025 - 12:39

ވެލާނާ އިންޓަނޭޝަން އެއާޕޯޓު (ވީއައިއޭ) ގައި ޓޯބާލެސް ވެހިކަލް ބޭނުންކުރަން ތައްޔާރުވެއްޖެ އެވެ.
އެއާޕޯޓު ހިންގާ އެމްއޭސީއެލުން އެކްސްގައި އިއްޔެ ބުނީ ޓޯބާލެސް ވެހިކަލްތައް ބޭނުންކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
ޓޯބާލެސް ޓްރެކަކީ މަތިންދާބޯޓު އެޕްރަން އިން ރަންވޭ އަށް ނުވަތަ ރަންވޭމަތިން އެއްތަނުން އަނެއް ތަނަށް ގެންދަން ބޭނުންކުރާ އުޅަނދެކެވެ. މިހާރު އެއާޕޯޓުގައި މަތިންދާބޯޓު އެޕްރަން އިން ރަންވޭ އަށް ގެންދަނީ ޓޯބާގެ އެހީގައި ނަމަވެސް މި އުޅަނދު ބޭނުންކުރަން ފެށުމުން ޓޯބާ ބޭނުންކުރާކަށް ނުޖެހޭނެ އެވެ.
އެމްއޭސީއެލް އިން ބުނީ، ޓޯބާލެސް ޓްރެކް ބޭނުންކުރަން ފެށުމުން ފަސޭހަކަމާއި ރައްކާތެރިކަމާ އެކު ބޯޓު، އެޕްރަން އިން ރަންވޭއަށް ގެންދެވޭނެ ކަމަށެވެ. އެ އުޅަނދު ބޭނުންކުރުމަށް 8 މުވައްޒަފަކު ތަމްރީނު ހޯދާފައިވާ ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި މިހާރު އިންތިޒާރުކުރަމުން ދަނީ ސްޓޭކްހޯލްޑަރުންގެ ފައިނަލް ރިސްކް އެސެސްމަންޓަށެވެ.