16 ޖޫން 2025 - 14:19

ޑްރަގް މައްސަލައެއްގައި ރ.އިނގުރައިދޫ އިން 62 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ދަފްތަރު ނަމްބަރު 2689، އަލީ ޝަރީފެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ރަށު ތެރޭގައި ޑްރަގް ގެންގުޅެ، އެތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު އިނގުރައިދޫގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ އޮޕަރޭޝަންގައި އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު ޑްރަގް ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭނާ ބަންދާމެދު ގޮތެއް ނިންމުނަށް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ވަނީ 10 ދުވަސް އިތުރުކޮށްފަ އެވެ.