15 ޖޫން 2025 - 21:19

ސިފައިންގެ އަސްކަރީ ތަމްރީނެއް ކ. ތަނބުރުދޫ އަދި ކ. ގިރިފުށީގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ މާދަމާ އާއި އަނެއް ދުވަހު ބާއްވާ އެ ތަމްރީނު ކުރިއަށް ގެންދާނީ ކޮންމެ ދުވަހެއްގެ އިރުއޮއްސި 6:00 އިން ރޭގަނޑު 12 އަށް ކަމަށެވެ.
އެ ތަމްރީނުތަކުގައި ބޭނުންކުރާނެ ކަމަށާއި ފްލެއާސް ދަތުރުކުރާނީ ތަނބުރުދޫ އަދި ގިރިފުށީގެ ވަށައިގެން 300 މީޓަރު ދުރުމިނަށް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. އަދި ފުލެއާސް 300 މީޓަރު އުހަށް ދަތުރުކުރާނެ ކަމަށް ބުންޏެވެ.
އެމްއެންޑީއެފުން މި ތަމްރީންތައް ކުރިއަށް ގެންދަނީ ސިފައިންގެ ތަމްރީން ތަކަށް ހާއްސަ ދެ ރަށުގަ އެވެ.