އޮގަސްޓް 30 އަކީ އިންޖިނޭރުންގެ ދުވަސް ކަމަށް ރައީސް ކަނޑައަޅުއްވައިފި
އޮގަސްޓް 30 އަކީ އިންޖިނޭރުންގެ ދުވަސް ކަމަށް ރައީސް ކަނޑައަޅުއްވައިފި

ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް 30 ވަނަ ދުވަހަކީ ގައުމީ ފެންވަރުގައި ފާހަގަކުރާ ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.

މި އަހަރުން ފެށިގެން ރާއްޖޭގައި އިންޖިނޭރުންނަށް ހާއްސަ ދުވަހެއް ފާހަގަކުރަން މި ނިންމެވީ އަލަށެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އިންޖިނޭރުންގެ ދުވަހެއް ފާހަގަކުރައްވަން ރައީސް ނިންމެވީ، މި ގައުމުގެ ތާރީހުގައި މިހާތަނަށް ހިންގި އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއު، ސިނަމާލެ ބުރިޖް ހުޅުވި ދުވަހާ ދިމާކޮށެވެ.

އިންޖިނޭރުންގެ ދުވަސް ފާހަގަކުރަން، އެންމެ އެކަށީގެންވާ ދުވަހަކީ އެ ދުވަސް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ގުޅާލައި ދަތުރު ފަސޭހަކޮށްދިން ބްރިޖުގެ މަސައްކަތް ޗައިނާގެ ސީސީސީސީ އިން ކުރިއިރު، އެ މަސައްކަތުގައި ހައުސިން މިނިސްޓްރީން އިސް ދައުރެއް އަދާކުރީ ދިވެހި އިންޖިނޭރުން ހިމެނޭ ޓީމަކުންނެވެ. ބްރިޖްގެ މަސައްކަތް ފެށިގެން ނިމެންދެން، އެ މަސައްކަތުގައި ރާއްޖޭގެ އިންޖިނޭރުންގެ ދައުރު ބޮޑެވެ.

ރާއްޖޭގައި އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަން ނިންމާފައި ވަނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީންނެވެ.

އިންޖިނިއަރުންގެ ތެރޭގައި ހަތް ބައެއް ހިމެނެ އެވެ. އެއީ:

- މެކޭނިކަލް

- އިންޑަސްޓްރިއަލް

- އިލެކްޓްރިކަލް

- ކޮމްޕިއުޓާ

- ސިވިލް

- ކެމިކަލް

- ބަޔޮމެޑިކަލް

- އެރޯސްޕޭސް

އުމްރާނީ ތަރައްގީގައި މުހިއްމު ދައުރެއް އަދާކުރާ، އިންޖިނޭރުން ހިމެނޭ، އެސޯސިއޭޝަން އޮފް ސިވިލް އިންޖިނިއާސް މޯލްޑިވްސްގެ ނަމުގައި ޖަމިއްޔާއެއް ރާއްޖޭގައި ވަނީ އުފައްދައިފަ އެވެ.