15 ޖޫން 2025 - 12:03

މަޖީދީ މަގުގައި ގަވާއިދާ ޚިލާފަށް ޕާކު ކޮށްގެން 74 އުޅަނދު ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މަޖީދީ މަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ފެށީ މިދިޔަ ބުރާސްފަތި ދުވަހެވެ.
ފުލުހުން ބުނީ އެ ދުވަހުން ފެށިގެން މިހާތަނަށް ދެ ފުރޮޅުލީ 69 އުޅަނދާއި ހަތަރު ފުރޮޅުލީ ހަތަރު އުޅަނދު ޓޯ ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ޓޯ ކުރާ އުޅަނދު އަނބުރާ ލިބޭނީ 48 ގަޑިއިރު ފަހުންނެވެ.
ފިހާރަތައް ގިނަ މަޖީދީ މަގުގެ ދެ ފަރާތުގައި ޕާކުކުރުމުގެ މައްސަލަ ބޮޑުވެފައިވާ އިރު، ފުލުހުން އެދެނީ ޕާކިން ޒޯނުގައި ޕާކުކުރުމަށެވެ.
މަޖީދީމަގު މަރާމާތުކުރުމަށް ފަހު 2022 ގައި ވަނީ މަގުދެ ދެ ފަރާތުގައި ވެސް ޕާކްކުރުން މަނާކޮށްފަ އެވެ. ނަމަވެސް މަގުގެ ދެ ފަރާތުގައި ވެހިކަލް ޕާކުކުރުން ވަނީ އާއްމުވެފަ އެވެ.