އީރާންގެ އާ ހަމަލާތަކުގައި އިޒްރޭލުގެ އަށް މީހަކު މަރާލައިފި، އެތައް މިލިއަން ބަޔަކު ބަންކަރުތަކަށް
އީރާންގެ އާ ހަމަލާތަކުގައި އިޒްރޭލުގެ އަށް މީހަކު މަރާލައިފި، އެތައް މިލިއަން ބަޔަކު ބަންކަރުތަކަށް

އިޒްރޭލުން އިސްވެ އީރާނަށް ދިން ވަރުގަދަ ހަމަލާތަކުގެ ބަދަލު ހިފުމަށް އީރާނުން ވެސް ހަމަލާ ދެމުން ދާއިރު ރޭގެ ހަމަލާތަކުގައި އިޒްރޭލުން، މަދުވެގެން 10 މީހަކު މަރުވެ 130 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ބުނެފި އެވެ.

އީރާންގެ އާ ހަމަލާތަކުގައި އިޒްރޭލުގެ އަށް މީހަކު މަރާލައިފި، އެތައް މިލިއަން ބަޔަކު ބަންކަރުތަކަށް
އީރާންގެ އާ ހަމަލާތަކުގައި އިޒްރޭލުގެ އަށް މީހަކު މަރާލައިފި، އެތައް މިލިއަން ބަޔަކު ބަންކަރުތަކަށް

އިޒްރޭލުގެ އިމަޖެންސީ ހިދުމަތްތަކުން ބުނި ގޮތުގައި އީރާންގެ ހަމަލާތަކުގައި ގެއްލުންވި އިމާރާތްތަކުގެ ތެރެއިން މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

އީރާންގެ އާ ހަމަލާތަކުގައި އިޒްރޭލުގެ އަށް މީހަކު މަރާލައިފި، އެތައް މިލިއަން ބަޔަކު ބަންކަރުތަކަށް
އީރާންގެ އާ ހަމަލާތަކުގައި އިޒްރޭލުގެ އަށް މީހަކު މަރާލައިފި، އެތައް މިލިއަން ބަޔަކު ބަންކަރުތަކަށް

އީރާންގެ ހަމަލާތަކާ އެކު އިޒްރޭލުގެ އެތައް މިލިއަން ބަޔަކު އެ މީހުންގެ ރައްކާތެރިކަމުގެ ބަންކަރުތަކަށް ވަދެ ހިމާޔަތް ހޯދަން ޖެހި އަދިވެސް ތިބީ ބިރުވެރިކަމުގަ އެވެ.

"މެދުތެރޭ ސަރަހައްދަށް އަމާޒުވި ރޮކެޓް ހަމަލާއެއްގައި 10 އަހަރުގެ ފިރިހެން ކުއްޖަކާ އެކު ހަތަރު މީހަކު މަރުވެ ގާތްގަނޑަކަށް 100 އެއްހާ މީހުން ޒަހަމްވެފައިވެ،" މެގެން ޑޭވިޑް އަޑޮމް (އެމްޑީއޭ)ގެ ތަރުޖަމާނަކު ބުނެފައިވެ އެވެ.

އޭނާ ބުނީ ޝަފެލާ ސަރަހައްދުގައި އިތުރު 37 މީހަކު ޒަހަމްވެފައިވާ ކަމަށެވެ.

އިޒްރޭލު ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ތެލްއަވީވް ޑިސްޓްރިކްޓަށް ދިން ހަމަލާއެއްގައި އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ.

އިޒްރޭލުގެ ހުޅަނގު ގަލީލީ ސަރަހައްދުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދިން ހަމަލާއެއްގައި ތިން ބުރީގެ އިމާރާތެއް ވެސް ވެއްޓިފައިވެ އެވެ. އެ އެމްޑީއޭ އިން ބުނީ އެ ހާދިސާގައި ތިން އަހަރުގެ ކުއްޖަކު މަރުވި ކަމަށެވެ.

"އެތަނުން ދެ އަންހެނެއްގެ ހަށިގަނޑު ނެރުނު އިރު ވެސް ފުރާނަ ހުރި ކަމަކަށް ނުބެލެވޭ. ހަމަ އެތަނުގައި އެ މީހުން މަރުވި ކަމަށް ވަނީ ނިންމާފައި،" އިމަޖެންސީ ސާވިސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެހެން އަންހެނަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް މަރުވެފައިވާ ކަމަށެވެ.

އިމަޖެންސީ ސާވިސަސް އިން ބުނީ ހޮނިހިރު ދުވަހު ހައިފާ ސަރަހައްދުގެ ގެއަކަށް އީރާނުގެ މިސައިލެއް އަމާޒުވެ، އުމުރުން 20 އަހަރުގެ އަންހެނަކު މަރުވެ، އިތުރު 14 މީހަކު ޒަހަމްވި ކަމަށެވެ.

އެމްޑީއޭގެ ތަރުޖަމާނަކު އިޒްރޭލުގެ ޗެނަލް 12 އަށް ބުނި ގޮތުގައި އީރާނުން ރޭ ދިން މިސައިލް ހަމަލާތަކުގައި ގާތްގަނޑަކަށް 200 އެއްހާ މީހުން ޒަހަމްވެފައިވެ އެވެ.

އީރާންގެ ނިއުކްލިއާ އަދި އަސްކަރީ މަރުކަޒުތަކާއި އަސްކަރިއްޔާގެ އިސް މީހުންނަށް އަމާޒުކޮށް އިޒްރޭލުން އެތައް ސަތޭކަ ހަމަލާއެއްދީފައި ވާއިރު ރޭ ވެސް އީރާންގެ މުހިންމު ތަންތަނަށް ހަމަލާ ދީފައިވެ އެވެ. ހަމަލާތަކުގައި އެތައް ބަޔަކު މަރުވެ ބޮޑެތި ގެއްލުންތައް ވެފައިވެ އެވެ. -- އޭއެފްޕީ