13 ޖޫން 2025 - 15:01

ކ. މާފުށި ކައިރީގައި އޮންނަ ތިލައަކަށް ޑައިވިނަށް ފޭބި ޓޫރިސްޓަކު ގެއްލިގެން މިއަދު ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ކަނޑޫމާ ތިލަ ކައިރިއަށް ގެއްލިގެން ހޯދަނީ ޖަޕާނުގެ 26 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާއަކީ މާފުށި ގެސްޓުހައުސްއަކުން ޓޫރިސްޓުންތަކެއް ގޮވައިގެން އެ ތިލައަށް ދަތުރުކުރި އުޅަނދުން ފޭބި މީހެކެވެ.
އޭނާ ގެއްލިގެން ހެނދުނު 10:00 ހާއިރު ރިޕޯޓުކުރުމުން އެމްއެންޑީއެފުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ޓޫރިސްޓު ގެއްލުނުއިރު ހުރީ ކަޅު ކުލައިގެ ޑައިވިން ގިއަރަކާއި ހުދު ކުލައިގެ މާސްކެއް އަޅައިގެންނެވެ.