މަޖީދީމަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރަނީ، ލިބޭނީ 48 ގަޑިއިރު ފަހުން
މަޖީދީމަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރަނީ، ލިބޭނީ 48 ގަޑިއިރު ފަހުން

މަޖީދީމަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރާނެ ކަމަށާއި އެގޮތަށް ނަގާ ވެހިކަލެއް އަނބުރާ ލިބޭނީ 48 ގަޑިއިރު ފަހުން ކަމަށް ފުލުހުން ބުނެފި އެވެ.

މަޖީދީމަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރަނީ، ލިބޭނީ 48 ގަޑިއިރު ފަހުން
މަޖީދީމަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރަނީ، ލިބޭނީ 48 ގަޑިއިރު ފަހުން

މިކަމާ ބެހޭ ގޮތުން ފުލުހުން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނީ މަޖީދީމަގުގައި ޕާކުކޮށްފި ނަމަ އެ ވެހިކަލެއް ދުއްވި މީހާއަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މަޖީދީމަގުގައި ޕާކުކުރާ އުޅަނދުތައް ޓޯ ކުރަން ފެށީ މިއަދު ކަމަށެވެ.

"މިގޮތަށް ޓޯ ކުރާ އުޅަނދުތައް ދޫކުރެވޭނީ 48 ގަޑިއިރު ފަހުން،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިއަދު މަޖީދީމަގުން ދެ ފުރޮޅުލީ 37 ވެހިކަލާއި ހަތަރު ފުރޮޅުލީ ފަސް އުޅަނދު ޓޯކޮށްފައިވާނެ ކަމަށެވެ.

އެހެންވެ ފުލުހުން ވަނީ ޕާކިން ޒޯންގައި ޕާކު ކުރުމަށް އިލްތިމާސްކޮށްފަ އެވެ.

މަޖީދީމަގު މަރާމާތުކުރުމަށް ފަހު 2022 ގައި ވަނީ މަގުދެ ދެފަރާތުގައި ވެސް ޕާކްކުރުން މަނާކޮށްފަ އެވެ. ނަމަވެސް މަގުގެ ބައެއް ހިސާބުތަކުގައި ވެހިކަލް ޕާކްކުރުމަކީ މިހާރު އަނެއްކާވެސް އާންމު ކަމަކަށް ވަނީ ވެފަ އެވެ.