އެއާ އިންޑިއާގެ ބޯޓު ވެއްޓުމުން ރައީސް ތައުޒިޔާ ފޮނުއްވައިފި
އެއާ އިންޑިއާގެ ބޯޓު ވެއްޓުމުން ރައީސް ތައުޒިޔާ ފޮނުއްވައިފި

އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓި މިއަދު މެންދުރު ހިނގި ހާދިސާއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

އެއާ އިންޑިއާގެ ބޯޓު ވެއްޓުމުން ރައީސް ތައުޒިޔާ ފޮނުއްވައިފި
އެއާ އިންޑިއާގެ ބޯޓު ވެއްޓުމުން ރައީސް ތައުޒިޔާ ފޮނުއްވައިފި

އިނގިރޭސި ވިލާތުގެ ލަންޑަނަށް ދާން ފުރި އަހްމަދާބާދުން ފުރި އެއާއިންޑިއާގެ ފްލައިޓް އޭއައި 787 ވެއްޓުނުއިރު އެ ބޯޓުގައި 230 ފަސިންޖަރުންނާއި 12 ކްރޫން ތިއްބެވެ.

އެއާ އިންޑިއާގެ ބޯޓު ވެއްޓުމުން ރައީސް ތައުޒިޔާ ފޮނުއްވައިފި
އެއާ އިންޑިއާގެ ބޯޓު ވެއްޓުމުން ރައީސް ތައުޒިޔާ ފޮނުއްވައިފި

އިންޑިއާ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އޭގައި ތިބީ އިންޑިއާގެ 169 މީހުންނާއި އިނގިރޭސިވިލާތުގެ 53 މީހުންނާއި ޕޯޗުގަލްއަށް ނިސްބަތްވާ ހަތް މީހުންގެ އިތުރުން ކެނެޑާގެ މީހެކެވެ.

އެ ހާދިސާއާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ އިންޑިއާއަށް ހިތާމަވެރި ވަގުތެއް ކަމަށެވެ. އަދި އިންޑިއާ ސަރުކާރާއި ރައްޔިތުންނަށް ކުރިމަތިވެފައިވާ މި އުނދަގޫ ވަގުތުގައި އެ ގައުމާއެކު ދިވެހި ސަރުކާރުން އޮންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ފްލައިޓް ވެއްޓުނު މަންޒަރުގެ ވީޑިއޯއެއް އާންމުވެފައި ވާއިރު، އެ ވީޑިއޯއިން ފެންނަނީ ފްލައިޓް މައްޗަށް އަރަން ދިޔައިރު، މަތީގައި ނުހިފެހެއްޓި މަޑުމަޑުން ގޮސް ވެއްޓި ހުޅުގަނޑު ފަޅައިގެންދާ ތަނެވެ. ބޯޓު ވެއްޓިފައިވަނީ ޑޮކްޓަރުންގެ ހޮސްޓެލްއެއްގެ މައްޗަށެވެ. އަދި ބޯޓުގެ ބައެއް ބައިތައް އެ އިމާރާތުގެ ތެރޭގައި ވެސް އެބަހުއްޓެވެ.

އިންޑިއާ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ބޯއިން 787-8 ޑްރީމްލައިނާ ވެއްޓުނީ އެއާޕޯޓް ކައިރިއަށެވެ. އަދި ވެއްޓުނީ ބޯޓު ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް ބޯޓު ވެއްޓެން ދިމާވި ސަބަބަކާ ބެހޭގޮތުން ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އަދި ބޯޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތްވިކަމެއް ނުވަތަ ނޫން ކަމެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ.