12 ޖޫން 2025 - 17:14

ތަފާތު އެކި ކަހަލަ ކުށްތަކާ ގުޅިގެން މިހާތަނަށް 52 ފަހަރަށް ހައްޔަރު ކޮށްފައިވާ މީހެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދި ފުލުހުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން މިއަދު ބުނީ. ހ. ރެދަން، ފަވާޒު ކަޅުތުއްތު 36، ގެ މައްޗަށް ދައުވާ ކޮށްދޭން އެދުނީ މައްޗަންގޮޅި ސަހަރާ ކައިރީގައި ހުންނަ "ޕަރާއޯ" ފިހާރައަށް ވަދެ، ވަޅިން ބިރުދައްކައި އެ ފިހާރައިގެ ވަތްގަނޑުގައި ހުރި ފައިސާ ފޭރުނު މައްސަލައެއްގައި ކަމަށެވެ.
މިދިޔަ މޭ މަހުގެ ފުރަތަމަ ދުވަހުގެ ހަވީރު 3:15 ހާއިރު ވައްކަން ކުރި މައްސަލާގެ ތަހުގީގު ނިންމައި ދައުވާ ކޮށްދޭން އެދި ޕީޖީއަށް ފޮނުވީ މިއަދު އެވެ.
އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ފަވާޒް ހައްޔަރު ކޮށްފައިވަނީ މިދިޔަ މޭ 13 ވަނަ ދުވަހު އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.