ދެމައިންގެ ހާލު އަދިވެސް ސީރިއަސް: އައިޖީއެމްއެޗް
ދެމައިންގެ ހާލު އަދިވެސް ސީރިއަސް: އައިޖީއެމްއެޗް

އެޗް1އެން1 ޖެހުނު މާބަނޑު މީހާ އާއި ސިޒޭރިއަން ހަދައިގެން ނެގި އޭނާގެ ދަރިފުޅުގެ ހާލު އަދިވެސް ސީރިއަސް ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

މާބަނޑު މީހާ އައިޖީއެމްއެޗަށް ގެނައީ ހދ. ކުޅުދުއްފުށީ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު އެވެ. އޭނާގެ ހާލު ސީރިއަސްކަމުން ސިޒޭރިއަން ހަދައިގެން ދަރިފުޅު ނެގީ މިދިޔަ ބުދަ ދުވަހުގެ ރެ އެވެ. ސިޒޭރިއަން ހެދީ ބަނޑަށް ހަ މަހުގަ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަންމަ އާއި ދަރިފުޅުގެ ހާލަތަށް އަދި އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.

"ކުޑަ ކުއްޖާ އޮތީ އެންއައިސީޔޫގައި. އަންހެން މީހާއަށް އައިސީޔޫގައި ބާއްވައިގެން ފަރުވާ ދެމުން މި އަންނަނީ،" މީޑިއާ އޮފިޝަލް ވިދާޅުވި އެެވެ.

ރާއްޖޭގައި މިހާރު ފެތުރެމުންދާ ސްވައިން ފްލޫއަށް މިދިިޔަ ހޮނިހިރު ދުވަހާ ހަމައަށް 123 މީހަކު ޕޮޒިޓިވް ވެފައިވާއިރު އެ ބަލީގައި ދެ މީހަކު ވަނީ މަރުވެފަ އެވެ.