12 ޖޫން 2025 - 10:36

މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް ދިވެއްސަކު މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި މިއަދު ހެނދުނު މައްޗަންގޮޅި ގެއަކުން "ފަރުވާއަށް މީހަކު އައިޖީއެމްއެޗަށް ގެންދިޔަ" ކަމަށެވެ. އެކަމަކު އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަރުވެފައި އޮއްވައި ފެނުނީ 41 އަހަރުގެ ފިރިހެނެކެވެ.
މަރުވެފައި ވަނިކޮށް ގޭގޭ ތެރެއިން އެތައް ބަޔަކު ފެނިފައި ވިޔަސް އެ މަރުތަކުގެ ސަބަބެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ މިއަދުގެ މަރާ ގުޅިގެން ވެސް "ބަލަންޖެހޭ ކަންކަން ބަލަމުން" އަންނަ ކަމަށެވެ.