11 ޖޫން 2025 - 10:39

ނޭޕާލަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުގެ މަގާމަށް އައިޝަތު އަޒީމާ އައްޔަން ކުރަން ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރާއްޖެއިން މިހާރު ވެސް އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށްވާ އަޒީމާ ނޭޕާލަށް ކަނޑައަޅާ ނަން ރެސިޑެންޓް ސަފީރު ކަމަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވުމުން މަޖިލީހުގެ މިއަދު ޖަލްސާގައި އެ ހުށަހެޅުން ފާސްވީ 59 މެންބަރުން ވޯޓުންނެވެ.
ނޭޕާލްގެ އިތުރުން އަޔަލެންޑަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އިނގިރޭސިވިލާތަށް ކަނޑައަޅާފައިވާ ސަފީރު އިރުތިޝާމް އާދަމް އައްޔަން ކުރުމަށާއި އަދި ބެލްޖިއަމް އަދި އދ. ގައި ހުންނަވާ ސަފީރު ގީލާ އަލީ ޔޫކްރެއިންއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަންކުރަން ރުހުން ހޯދަން ވެސް މަޖިލީހަށް ފޮނުއްވާފައިވެ އެވެ.
ނަމަވެސް، އެ ދެ ބޭފުޅުންގެ ނަމަށް ރުހުން ދިނުމުގެ މައްސަލާގައި މިއަދު ވޯޓަށް އަހާފައެއް ނުވެ އެވެ.